ރަންބީރު ބޭނުންވަނީ އަންހެން ދަރިއެއް
ރަންބީރު ބޭނުންވަނީ އަންހެން ދަރިއެއް

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ބޭނުންވަނީ އަންހެން ދަރިއެއް ކަމަށް އޭނާ ބުނެފި އެވެ.

ރަންބީރު އެކަން ހިއްސާކުރީ އޭނާގެ ކުރިއަށް އޮތް ފިލްމު، "ޝަމްޝޭރާ" ގެ ޕްރޮމޯޝަން އިވެންޓެއްގަ އެވެ. ސްޓާ ޕްލަސްގެ ޝޯއެއްގައި ބައިވެރިވެ ރަންބީރު ވަނީ "އަނުޕަމާ" ގެ އެކްޓަރު ރުޕާލީ ގަންގުލީގެ ކައިރިން ޕޭރެންޓިން ޓިޕްސް ހޯދައިފަ އެވެ.

ރަންބީރު ވަނީ އޭނާ ދުނިޔޭގެ އެންމެ ބެސްޓް ބައްޕައަށް ވުމަށް ހަދަން ޖެހޭނީ ކިހިނެއްތޯ ރުޕާލީއާ ސުވާލުކޮށްފަ އެވެ. އެހެންވެ ބުދެއް އުރައިގެން ހުރި ރަންބީރަށް ރުޕާލީ ވަނީ ކުއްޖަކު އުރާނެ ގޮތާއި ނެޕީ ބަދަލުކުރާނެ ގޮތް ވެސް ކިޔައިދީފަ އެވެ.

ޝޯގައި ރަންބީރު ވަނީ އޭނާ އެންމެ ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށް ވެސް ބުނެފަ އެވެ.

އަންހެން ދަރިއަކު ބޭނުންވާ ކަމަށް ރަންބީރު ބުނިއިރު އޭނާގެ އަނބިމީހާ އަދި ބަތަލާ އާލިއާ ބަޓް އިނީ އަލަތު ދަރިއަށް ބަލިވެ އެވެ. އެކަމަކު އެމީހުންނަށް ލިބެނީ ކޮން ކަހަލަ ކުއްޖެއް ކަމެއް އަދި އާންމެއް ނުކުރެ އެވެ.

ރަންބީރު ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބައްޕައަކަށް ވާން އަދި ތައްޔާރެއް ނޫނެވެ. އެކަމަކު ކުއްޖަކު އަބަދުވެސް ވަރަށް ބޭނުންވާ ކަމަށާއި ކުއްޖަކު ލިބޭ ހަބަރާ އެކު ވެސް ވަރަށް އެކްސައިޓެޑްވެފައިވާ ކަމަށް އޭނާ ބުނެ އެވެ.