11 ޖުލައި 2022 - 13:03

އިންޑިއާގެ މަޝްހޫރު ދެ ޓީވީ އެކްޓަރުން ކަމަށްވާ، ދިވްޔަންކާ ޓްރިޕާތީ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިވޭކް ދާހިޔާ ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ދިވްޔަންކާ އާއި ވިވޭކް ރާއްޖެ އައިސްފައި ވަނީ އެމީހުންގެ ކައިވެނީގެ އެނިވާސަރީ ފާހަގަކުރުމަށެވެ. އެމީހުންގެ ރޮމޭންޓިކް ހޮލިޑޭގެ މަންޒަރުތައް އިންސްޓަގްރާމުގައި ދަނީ އާންމުކުރަމުންނެވެ.
އެ ދެ ތަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ރ. އަތޮޅުގައި އޮންނަ އެމަރާލްޑް މޯލްޑިވްސް ރިސޯޓުގަ އެވެ. ކައިވެނީގެ ހަ ވަނަ އެނިވާސަރީ ފާހަގަކުރުމަށް އެ ތަރިން ރާއްޖެ އައިއިރު މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ދިވްޔަންކާ ވަނީ އެމީހުންގެ ބީޗް ޑިނާއިން ފެށިގެން ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތައް ހިއްސާކޮށްފަ އެވެ.
ދިވްޔަންކާ އާއި ވިވޭކް ކައިވެނި ކުރީ ސްޓާ ޕްލަސް އިން ދެއްކި، "ޔޭ ހޭ މޮހައްބަތޭން" ގެ ސެޓުން ހިތާވެގެން އުޅުމަށް ފަހު ޖުލައި، 8، 2016 ގަ އެވެ.