10 ޖުލައި 2022 - 17:55

ލަގްޒަރީ ފަރުނީޗަރު ވިއްކާ "ހައި އެންޑް" އިން ބޮޑު އީދާ ދިމާކޮށް އީދު ސޭލަކާއި ގިވްއަވޭ އެއް ފަށައިފި އެވެ.

ފިނަ އަދަދެއްގެ ޑެކޯ އައިޓަމްތަކެއް ލިބެން ހުރި އެ ފިހާރައިން މި ފަހަރުގެ ސޭލުގައި ޑިސްކައުންޓު ލިބޭނީ ބައެއް ޑިކޯ އައިޓަމްތަކުންނެވެ. އޭގެ ތެރޭގައި ޑެކަރެޓިވް އެކި ކަހަލަ ވާސް އާއި ޑަކަރެޓިވް މިރޯ އަދި ކެންޑްލްސް އިން ޑިސްކައުންޓު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮޑަކްޓުތަކުން ލިބޭނީ 10 ޕަސެންޓުގެ ޑިސްކައުންޓެކެވެ.
އީދަށް ހާއްސަކޮށް ހައި އެންޑް ފިހާރައިން ގިވްއަވޭއެއް ވެސް ދިނުމަށް ވަނީ ހަަމަޖެހިފަ އެވެ. ގިވްއަވޭގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ވިކްޓޯރިއަން މިޑްނައިޓް ކުއީން ބެޑެކެވެ. އެ ގިވްއަވޭގައި ބައިވެރިވެވޭނީ މި މަހުގެ 14ގެ ނިޔަލަށެވެ.
ހައި އެންޑްގެ އީދު ސޭލް ވެސް ކުރިއަށް ދާނީ މި މަހުގެ 14 އާ ހަމައަށެވެ. ހައި އެންޑް ފަރުނީޗަރަކީ ގިނަ އަދަދެއްގެ ކޮލިޓީ މޮޅެތި ފަރުނީޗަރުތަކެއް ލިބެން ހުރި ތަނެކެވެ. ހައި އެންޑްގެ ފިހާރަ ހުންނަނީ މެދުޒިޔާރަތް މަގުގައެވެ. އެ ފިހާރައިގެ ތަކެތި އޮންލައިން ކޮށް ފޭސްބުކާއި އިންސްޓަގްރާމުން ވެސް އޯޑާ ކުރެވޭނެ އެވެ.