ބަހުގެ ބައެއް ޝެޑިއުލްތަކަށް އެމްޓީސީސީން ބަދަލު ގެނެސްފި
ބަހުގެ ބައެއް ޝެޑިއުލްތަކަށް އެމްޓީސީސީން ބަދަލު ގެނެސްފި

އެމްޓީސީސީން ދޭ ބަހުގެ ހިދުމަތްތަކުގެ ބައެއް ޝެޑިއުލްތަކަށް ބަދަލު ގެނެސްފި އެވެ.

ކުރިން 12 ޖެހުމާ ހަމައަށް ބަހުގެ ހިދުމަތްތައް ޝެޑިއުލް ކޮށްފައި އޮތަސް، 12 ގެ ފަހުން މާލޭގެ ދެ ބަސް ސްޓޮޕަކުން ބަހުގެ ދަތުރެއް ވަނީ ޝެޑިއުލް ކޮށްފަ އެވެ. އެގޮތުން ދަންވަރު 12:15 ގައި ކުރީގެ ވެސްޓް ޕާކު ސަރަހައްދުގައި ހުންނަ ބަސް ސްޓޮޕުންނާއި، ކާނިވަލް ސަރަހައްދުގައި ހުންނަ ބަސް ސްޓޮޕަށް ބަހުގެ ދަތުރެއް ވަނީ ޝެޑިއުލް ކޮށްފަ އެވެ. މިއީ މާލެއިން ހުޅުމާލޭގެ ފޭސް އެކަކަށް ޝެޑިއުލް ކޮށްފައިވާ ދަތުރެކެވެ.

އެމްޓީސީސީން ގެނެސްފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި ކުރިން ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ދަތުރު ޝެޑިއުލް ކޮށްފައި ވަނީ އެއް ގަޑިއިރުން ހިދުމަތް ދޭ ގޮތަށެވެ. ނަމަވެސް މިހާރު އެ ޝެޑިއުލަށް ގެނެސްފައިވާ ބަދަލާ އެކު، ކޮންމެ 30 މިނަޓަކުން ފޭސް 2 އިން އެއާޕޯޓަށް ބަސް ވަނީ ޝެޑިއުލް ކޮށްފަ އެވެ.

އެމްޓީސީސީން ބުނީ، ބަހުގެ ޝެޑިއުލްތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.