ކާސްޓެން ޑަންސްޓް ކައިވެނިކޮށްފި
ކާސްޓެން ޑަންސްޓް ކައިވެނިކޮށްފި

މަޝްހޫރު ސުޕަހީރޯ ފްރެންޗައިޒް "ސްޕައިޑާމޭން" އިން މަގުބޫލުކަން ހޯދި އެކްޓަރު ކާސްޓެން ޑަންސްޓް ކައިވެނިކޮށްފި އެވެ.

ވަރަށް ކުޑައިރުން ފެށިގެން ހޮލީވުޑްގައި އެކި ކަހަލަ ރޯލުތަކުން ފެނުނު ޑަންސްޓް ކައިވެނި ކޮށްފައިވަނީ އޭނާގެ ބައިވެރިޔާ ޖެސީ ޕްލިމަންސް އާ އެވެ. ދެމީހުން ކައިވެނިކޮށްފައިވަނީ ހަ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހުގަ އެވެ.

މިއީ ޑަންސްޓްގެ ފުރަތަމަ ކައިވެންޏެވެ. މީގެ ކުރިން ކައިވެނިކޮށްފައި ނުވި ނަމަވެސް ގިނަ ދުވަސް ވަންދެއް އެކްޓަރަކާ ރަށްޓެހިވެގެން އުޅުނެވެ.

ޑަންސްޓްގެ ދެ ދަރިން ތިބޭ އިރު އޭނާ އާއި ޕްލިމަންސް ބައްދަލުވީ މީގެ ހަތް އަހަރު ކުރީން ފިލްމު ޝޫޓިން އެއްގެ ތެރެއިންނެވެ. ޕްލިމަންސް އަކީ ވެސް މަޝްހޫރު އެކްޓަރެކެވެ. ދެމީހުން އެންމެ ފުރަތަމަ އެކުވެރިންގެ ގޮތުގައި އުޅެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔަ ކަމަށް ޑަންސްޓް ބުނެ އެވެ.

ދެމީހުންގެ ކައިވެނި މި މަހުގެ ތެރޭގައި ކޮށްފައިވާއިރު ކައިވެނީގެ ހަފުލާ ބޭއްވީ ވަރަށް ޕްރައިވެޓުކޮށް އާއިލާ އާއި އެކުވެރީންނާ އެކުގަ އެވެ.