ކުރިއަށް އޮތް ފިލްމަށް ފަޒަލް ރެސްލިން ދަސްކުރަނީ
ކުރިއަށް އޮތް ފިލްމަށް ފަޒަލް ރެސްލިން ދަސްކުރަނީ

ބޮލީވުޑްގެ އެކްޓަރު، އަލީ ފަޒަލް، އޭނާގެ ކުރިއަށް އޮތް ފިލްމު، "މިރްޒާޕޫރް 3" ރެސްލިން ދަސްކުރަން ފަށައިފި އެވެ.

މިރްޒާޕޫރަކީ 2018 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރި އެކްޝަން ތުރިއްލާ އެކެވެ. އެ ފިލްމުގެ ފުރަތަމަ އަދި ދެވަނަ ބައިގައި ވެސް ގުއްޑޫ ބައްޔާގެ ރޯލުން ފެންނަނީ ފަޒަލް އެވެ.

ފިލްމުގެ ތިން ވަނަ ބަޔަށް މިހާރު ތައްޔާރުވަމުން އަންނައިރު އެ ބައިގައި ވެސް ވަރުގަދަ އެކްޝަން ޝޮޓްތަކެއް ފެންނާނެ އެވެ.

ފަޒަލް ދަނީ ރެސްލިސް ދަސްކުރުމުގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ އެކްޝަން ސީކުއެންސްގެ ތައްޔާރީތައް ވަމުންދާތާ މިހާރު ދެތިން ހަފްތާ ވެދާނެ އެވެ. ރެސްލިންގެ ޓްރެއިނިންތަކެއް ހަދަމުން އަންނައިރު ވަރަށް އަވަހަށް އެ ބައިގެ ޝޫޓިންތައް ފެށޭނެ ކަމަށްވެ އެވެ.

ފަޒަލް އެންމެ ފަހުން ފެނުނީ މާޑާ މިސްޓްރީއެއް ކަމަށްވާ، "ޑެތު އޮން ދަ ނައިލް" އިންނެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ ހޮލީވުޑްގެ ފިލްމުތަކުން ފެނިފަ އެވެ. އޭގެ ތެރޭގައި 2015 ގައި ރިލީޒްކުރި "ފާސްޓް އެންޑް ފިއުރިއަސް 7" އާއި 2017 ގެ "ވިކްޓޯރިއާ އެންޑް އަބްދުލް" ހިމެނެ އެވެ.

"މިރްޒާޕޫރު 3" ގެ އިތުރުން ވިޝާލް ބަރަދްވަޖްގެ ކުރިއަށް އޮތް ސްޕައި ތުރިއްލާގައި ވެސް ފެންނާނީ ފަޒަލް އެވެ. ތާބޫއާ އެކު އޭނާ ފެންނަ އެ ފިލްމު ސްޓްރީމްކުރާނީ ނެޓްފިލްކް އިންނެވެ.