10 ޖުލައި 2022 - 06:22

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޕޫޖާ ހެޖް، މުމްބާއީން އަގު ބޮޑު ފްލެޓެއް ގަނެފި އެވެ.
މޫދު ފެންނަ ދިމާލަކުން އޭނާ ގަނެފައިވާ އެ ފްލެޓަށް ވަރަށް އަވަހަށް ދިރިއުޅުން ބަދަލުކުރާނެ ކަމަށްވެ އެވެ. ޕޫޖާއަކީ މީގެ ކުރިން މުމްބާއީގައި އޭނާގެ މައިންބަފައިންނާ އެކު އަބަދުވެސް ދިރިއުޅެމުން އައި ތަރިއެކެވެ. އެކަމަކު އޭނާގެ މައިންބަފައިންގެ ގެއާ ވެސް މާދުރު ނޫން ހިސާބަކުން ފްލެޓެއް ގަނެފައި ވަނީ އެކަނި ދިރިއުޅުމަށް ކަމަށްވެ އެވެ.
އެ ފްލެޓްގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށްވެ އެވެ.
މޫދާ ފެންނަ ހިސާބުން ފްލެޓް ލިބޭނީ ވަރަށް އަގު ބޮޑުކޮށެވެ. އެކަމަކު ޕޫޖާ ފްލެޓް ގަތް އަގެއް އަދި ނޭނގެ އެވެ.
އިންޑިއާގެ ދެކުނު ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޕޫޖާއަކީ މިހާރު ބޮލީވުޑްގެ އެކްޓަރެއް ވެސް މެ އެވެ. އޭނާ އަންނަނީ ސަލްމާން ހާނާ އެކު "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްކުރަމުންނެވެ. ހައުސްފުލްގައި ވެސް މަސައްކަތްކުރި ޕޫޖާ ވަނީ ރިތިކް ރޯޝަންއާ އެކު ވެސް ފިލްމު ކުޅެފަ އެވެ.
ދެކުނު ފިލްމުތަކުގައި ވެސް އޭނާ މަސައްކަތްކުރީ ވަރަށް ވަރުގަދަ ތަރިންނާ އެކު އެވެ.