78 މިލިއަން އަހަރުވީ ޑައިނަސޯ ކަށިގަނޑެއް ވިއްކާލަނީ
78 މިލިއަން އަހަރުވީ ޑައިނަސޯ ކަށިގަނޑެއް ވިއްކާލަނީ

ގާތްގަނޑަކަށް 78 މިލިއަން އަހަރުވެފައިވާ ޑައިނަސޯ ކަށިގަނޑެއް ނީލަމެއްގައި ވިއްކާލަން ތައްޔާރުވެއްޖެ އެވެ.

78 މިލިއަން އަހަރުވީ ޑައިނަސޯ ކަށިގަނޑެއް ވިއްކާލަނީ
78 މިލިއަން އަހަރުވީ ޑައިނަސޯ ކަށިގަނޑެއް ވިއްކާލަނީ

ގިނަ ދުވަސްވީ އެއްޗެހި ވިއްކައި އެ އެއްޗެހި ގަތުމަކީ ދުނިޔޭގެ މަހުޖަނުން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އޭގެތެރޭގައި ގިނަ ދުވަސްވީ ޑައިނަސޯގެ ކައްޓަކީ ގޭގައި ރީއްޗަކަށް ބެހެއްޓުމަށް ގަނެ އުޅޭ އެއްޗެކެވެ.

މިފަހަރު ނީލަމަށް ހުޅާލައިގެން 78 މިލިއަން އަހަރުގެ ކަށިގަނޑު ވިއްކާލަނީ އެމެރިކާގެ ނިއު ޔޯކްގަ އެވެ.

މި މަހުގެ 28 ގައި ބާއްވާ ނީލަމުގައި ވިއްކާލާ ކަށިގަނޑަކީ ޑައިނަސޯގެ ވައްތަރެއް ކަމަށްވާ ގޯގޮސޯރަސްގެ ކަށިގަނޑެކެވެ.

ގޯގޮސޯރަސް އަކީ ކްރެސްޓޭޝަސް ދުވަސްވަރުގައި މިހާރު އެމެރިކާ އޮތް ސަރަހައްދުގައި ދިރިއުޅުނު އެއްޗެކެވެ. އެ ޑައިނަސޯގެ އިސްކޮޅުގައި 10 ފޫޓު ހުރި އިރު ބޮލުން ފެށިގެން ނިގުލުގެ ކޮޅުގެ ދިގުމިނަކީ 22 ފޫޓެވެ.

މި ޑައިނަސޯގެ ކަށިގަނޑުތައް މީގެކުރިން ވަނީ އެކި މިއުޒިއަމް ތަކަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް މި ޕްރައިވެޓު ބަޔަކަށް ނުވަތަ ކުންފުންޏަކަށް މި ކަށިގަނޑު ގަނެވޭ މިއީ ފުރަތަމަ ފަހަރެވެ.

މި ނީލަން އިންތިޒާމުކުރާ ސޮތީބީސް އިން ލަފާކުރާ ގޮތުގައި އެ ކަށިގަނޑު ފަސް މިލިއަނާއި އަށް މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގައި ވިއްކާލެވޭނެ އެވެ.