މަރާލާފައިވާ ކުރީގެ ފިލްމީ ތަރި ޕްރިޔާގެ ހަޔާތަށް ފިލްމެއް ހަދަނީ
މަރާލާފައިވާ ކުރީގެ ފިލްމީ ތަރި ޕްރިޔާގެ ހަޔާތަށް ފިލްމެއް ހަދަނީ

އިންޑިއާގެ ކުރީގެ ފިލްމީ ތަރި ޕްރިޔާ ރަޖްވަންގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައި އޭނާގެ ރޯލަށް ޖެކްލީން ފެނާންޑެޒް ހަމަޖައްސަން ނިންމައިފި އެވެ.

ޕްރިޔާ އަކީ ޑައިރެކްޓަރު ޗެތަން އަނަންދުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި ތަރިއެކެވެ. ލަންޑަނުގައި އެކްޓިން ދާއިރާއިން ކިޔެވުމަށް ހުއްޓާ ޕްރިޔާ އަށް ފިލްމީ ދާއިރާއިން މަސައްކަތް ދިނީ ޗެތަން އެވެ. އޭގެ ފަހުން އިންޑިއާގައި އޭނާ މަސައްކަތްކުރީ ހުސް ޗެތަންގެ ފިލްމުތަކުގަ އެވެ. އޭގެ ތެރޭގައި "ހީރް ރާންޖާ" އާއި "ހަސްތޭ ޒަހަމް" އާއި "ހިންދުސްތާންކީ ކަސަމް" ކަހަލަ ފިލްމުތައް ހިމެނެ އެވެ.

އެކަމަކު ފިލްމީ ދާއިރާއިން ކުރިއަށް ދަނިކޮށް އޭނާ މަރާލާފައި ވަނީ 2000 ވަނަ އަހަރުގަ އެވެ.

ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް މަސައްކަތްކުރަމުން އަންނަނީ ޕްރިޔާގެ ހަޔާތަށް ފިލްމެއް ހެދުމަށެވެ. ދީޕަކް މުކުތު ޕްރޮޑިއުސްކުރާ އެ ފިލްމަށް ޖެކްލީން ނަގާފައިވާއިރު، އޭނާ އަށް ހަވާލުކޮށްފައި ވަނީ ޕްރިޔާ ކުޅެފައިވާ ފިލްމުތައް ބަލައި އޭނާގެ ރޯލަށް ފިޓްވުމަށެވެ.

ފިލްމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، ވަރަށް އަވަހަށް އެ ފިލްމު ރިލީޒްކުރާނެ ކަމަށްވެ އެވެ.