ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ހަމަލާދީ 35 މީހުން މަރާލައިފި
ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ހަމަލާދީ 35 މީހުން މަރާލައިފި

އިސްތަންބޫލް (ޖެނުއަރީ 1) - ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަ ކުރަނިކޮށް ރޭ ދަންވަރު ބަޑިން ހަމަލާދީ 35 މީހުން މަރާލާ 40 މީހުން ޒަޚަމްކޮށްލައިފި ކަމަށް އިސްތަންބޫލްގެ ގަވަރުނަރު ވަސްޕިން ސަހިން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ހަމަލާދީ 35 މީހުން މަރާލައިފި
ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ހަމަލާދީ 35 މީހުން މަރާލައިފި

ހަމަލާދީފައި ވަނީ އިސްތަންބޫލްގެ ބެސިކްޓަސް އޭރިއާގައި ހުންނަ ރެއިނާ ނައިޓްކްލަބުގަ އެވެ. ބީބީސީގެ ރިޕޯޓަރަކު ބުނީ މިއީ ތުރުކީގެ މީހުންގެ މެދުގައި އެކަނި މަޝްހޫރު ތަނެއް ނޫން ކަމަށެވެ. އެ ގައުމުގައި ތިބޭ ބޭރު ގައުމުތަކުގެ މީހުން ވެސް އެ ކްލަބަށް ވަރަށް ގިނައިންދާ ކަމަށް އޭނާ ބުންޏެވެ.

ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ހަމަލާދީ 35 މީހުން މަރާލައިފި
ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ހަމަލާދީ 35 މީހުން މަރާލައިފި

ގަވަރުނަރު ވިދާޅުވީ މި ހަމަލާދީފައި ވަނީ އެންމެ މީހެއް ކަމަށެވެ. ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރަކު ހިމެނޭ ކަމަށް ސަހިން ވިދާޅުވި އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ސްޓޭޖުގައި ހުރެ ހަމަލާ ދިން މީހާ ދިޔައީ އަރަބިން ވާހަކަ ދައްކަމުންނެވެ. ހަމަލާ ދިން މީހާ އަށް ވީގޮތެއް އަދި ސާފެއް ނުވެ އެވެ.

ހަމަލާ ދިން ނައިޓްކްލަބުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަހިން ވިދާޅުވީ އާ އަހަރު ފާހަގަ ކުރަނިކޮށް، ކުށެއް ނެތް ބަޔަކަށް ބަޑިން ދިން މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

ނައިޓްކްލަބުގައި ހަމަލާ ދިން އިރު އެ ތަނުގައި 700 ވަރަކަށް މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާ ދީފައި މި ވަނީ ތުރުކީގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިސްތަންބޫލްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. އާ އަހަރާ ދިމާކޮށް ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ޑިއުޓީ އަށް ވަނީ 17،000 ފުލުހުން ނެރެފަ އެވެ. ތުރުކީގައި ގިނަ ހަމަލާތައް ދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ކުރުދީ ހަނގުރާމަވެރިންނެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ތުރުކީގައި ވަނީ ރަޝިޔާ ސަފީރު ގަޔަށް ބަޑިޖަހާ އަވަހާރަކޮށްލައިފަ އެވެ. ފޮޓޯ މައުރަޒެއް ހުޅުވައިދެނިކޮށް ސަފީރަށް ހަމަލާދީފައި ވަނީ އޯފް-ޑިއުޓީގައި ހުރި ފުލުހުންގެ މީހެކެވެ. އޭނާ އެ ހަމަލާދީފައި ވަނީ ރަޝިޔާ އިން ސީރިއާ އަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ވަނީ ބުނެފަ އެވެ.

ޑިސެމްބަރު 10: އިސްތަންބޫލްގެ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި ބޮމުގެ ހަމަލާދީ 44 މީހުން މަރާލި.

އޮގަސްޓް 20: ގަޒިއެންޓެޕްގެ ކައިވެނި ހަފުލާއަކަށް ބޮމުގެ ހަމަލާދީ 30 މީހުން މަރާލި.

ޖޫން 28: އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ބަޑިންނާއި ބޮމުން ހަމަލާދީ 41 މީހުން މަރާލި.

މާޗު 13: އަންކަރާގައި ކުރުދީ ހަނގުރާމަވެރިން ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 37 މީހުން މަރާލި.

ފެބްރުއަރީ 17: އަންކަރާގައި ސިފައިންގެ ގާފިލާއަކަށް ދިން ހަމަލާއެއްގައި 28 މީހުން މަރާލި.