07 ޖުލައި 2022 - 11:30

ކުޅިވަރާ ގުޅުން ހުރި ގިނަ ތަކެތި ވިއްކަމުން އަންނަ ސްޕޯޓްސް ލިންކުގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

އެ ފިހާރައިން ބުނީ މާލެއިން ލިބެން ހުރި ހުރިހާ ތަކެއްޗެއް އަލަށް ހުޅުވި ފިހާރައިން ވެސް ލިބޭނެ ކަމަށެވެ. މިއީ އާބާދީ ބޮޑު ހުޅުމާލޭގައި ދިރިއުޅޭ މީހުން، ސްޕޯޓްސް ލިންކުގެ މާލޭ ފިހާރައަށް އައުމުގެ ބަދަލުގައި ހުޅުމާލެ އިން ލިބޭނެ އިންތިޒާމު ހަމަޖައްސަން ހުޅުވި ފިހާރައެކެވެ.

މިތަން ހުންނާނީ ނިރޮޅު މަގުގެ ޕިކް ޕޯސްޓާ ޖެހިގެންނެވެ.
ދިރާސީ އާ އަހަރަކަށް ތައްޔާރުވަމުން އަންނަ ދުވަސްވަރަކަށް ވާތީ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެ ފިހާރައަށް ގެނެސް ވިއްކަމުން އެބަދެ އެވެ.
ސްޕޯޓްސް ލިންކުން ބުނީ އެ ފިހާރައިން ވިއްކާ ކުޅިވަރާ ގުޅުން ހުރި ތަކެއްޗެކޭ އެއްގޮތަށް ސްކޫލް ކުދިންނަށް ވެސް ގެނެސްފައި ވާނީ މަޝްހޫރު އެކި ބްރޭންޑުތަކުގެ ކޮލެޓީ އައިޓަމްތައް ކަމަށެވެ. ސްޕޯޓްސް ލިންކުން އާއްމުކޮށް ލިބެން ހުންނަ ކުޅިވަރާ ގުޅުން ހުރި ތަކެތީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ސްޕޯޓްސް ވެއާ އާއި ދުވަންދާ ބޫޓާއި އެކި ކުޅިވަރުތަކަށް ހާއްސަ ބޫޓު ހުރެ އެވެ. ތަފާތު އެކި ވައްތަރުގެ ފުޓްބޯޅަ ބޫޓުތައް ވެސް ފާހަގަ ކޮށްލެވެ އެވެ.
ސްޕޯޓްސް ލިންކުގައި ޖިމަށް ގެންދާނެ ދަބަހާއި ފެން އަޅާނެ ފުޅި ވެސް ހުރެ އެވެ. އަދި ގޭގައި ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް އެކި ބަރުދަނުގެ "ވެއިޓްސް" މި ތަނުން ލިބެ އެވެ. އަދި ރެޒިސްޓަންޓް ބޭންޑާއި، ޔޯގާ މެޓާއި އެކްސަސައިޒު ބައިކު ފަދަ ގޭގައި ކަސްރަތު ކުރަން ބޭނުން ކުރެވޭނެ އެއްޗިހި މި ތަނުން ލިބެ އެވެ.
މާލޭގައި ސްޕޯޓްސް ލިންކުގެ އިތުރު ދެ ފިހާރަ އެއް ހުރެ އެވެ. އެ ފިހާރައިން ނައިކީ އާއި އެޑިޑާސް ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑުތަކުގެ އައިޓަމްތައް ލިބެ އެވެ.