ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާގައި ހުޅުވައިފި
ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާގައި ހުޅުވައިފި

ބެއިޖިން (ޖެނުއަރީ 1) - ދުނިޔޭގެ އެންމެ އުސް ބްރިޖް އާއްމު ދަތުރުފަތުރަށް ޗައިނާގައި ހުޅުވާލައިފި އެވެ.

ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާގައި ހުޅުވައިފި
ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާގައި ހުޅުވައިފި

ޗައިނާގެ ހުޅަނގު ދެކުނުގެ ފަރުބަދަ މަތީގެ ހިސާބުގައި ދެ ޕްރޮވިންސް ގުޅުވާލަން ހެދި މި ބްރިޖުގެ އުސް މިނަކީ ބިމުން ފެށިގެން 565 މީޓަރު (1،854 ފޫޓް) އެވެ. ޔުނާން އާއި ގުއިޒޫ ޕްރޮވިންސް ގުޅުވާލުމަށް ދެ ފަރުބަދަ ދެމެދުގައި ހެދި ބްރިޖުގެ ސަބަބުން ކުރިން މި ދެ ޕްރޮންސްގެ ދެމެދު ކުރަމުން ދިޔަ ހަތަރު ގަޑިއިރުގެ ދަތުރު އެއްގަޑިއިރަށް ކުރުވެފައިވާ ކަމަށް ޕްރޮވިންޝަލް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ދިގު މިނުގައި ގާތްގަނޑަކަށް 1،341 މީޓަރު ހުންނަ ބްރިޖް ހެދުމަށް ޚަރަދުކޮށްފައި ވަނީ އެއް ބިލިއަން ޔުއާން (144 މިލިއަން ޑޮލަރު) ކަމަށް ގުއިޒޫ ޑެއިލީ ނޫހުން ބުންޏެވެ.

ދުނިޔޭގެ އެންމެ އުސް ގިނަ ބްރިޖްތައް ހަދާފައި ވަނީ ޗައިނާގަ އެވެ. ޗައިނާގައި ކުރިން އެންމެ އުސްކޮށް ހަދާފައި ވަނީ މެދުތެރޭގެ ހުބެއި ޕްރޮވިންސްގައި ދެ ފަރުބަދަ ގުޅުވާލަން ހަދާފައިވާ ސި ދު ރިވާ ބްރިޖެވެ. މި ބްރިޖުގެ އުސް މިނުގައި 500 މީޓަރު (1،600 ފޫޓު) ހުރެ އެވެ. ދެހާސް ނުވަ ވަނަ އަހަރު ހުޅުވި މި ބްރިޖަށް ޚަރަދުކޮށްފައި ވަނީ 720 މިލިއަން ޔުއާން (100 މިލިއަން ޑޮލަރު) އެވެ.