ޓެކްސީ ދަތުރުގެ އަގުތައް ބޮޑުކޮށްފި
ޓެކްސީ ދަތުރުގެ އަގުތައް ބޮޑުކޮށްފި

މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުތައް މާދަމާ އިން ފެށިގެން ބޮޑުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށްފައި ވަނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

ޓެކްސީގެ އަގުތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އަގުތަކެކެވެ.

ޓެކްސީގެ އަގުތަކަށް ގެނައި ބަދަލު:

- މާލެ، ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް، 30ރ. (ކުރިން 25ރ.)

- މާލެ- ހުޅުމާލެ ފިޔަވަހި އެކަކަށް، 85ރ. (ކުރިން 75ރ.)

- މާލެ- ހުޅުމާލެ ފިޔަވަހި 2 އަށް 100ރ.

- މާލެ- ހުޅުލެ އަށް 70ރ.

- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެ އަށް 80ރ.

- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެ އަށް 85ރ.

- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 އަށް 40ރ.

މި ބަދަލުތައް ގެނެސްފައި މި ވަނީ ތެލުގެ އަގު ބޮޑުވުމާ އެކު، ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެންނާނެ ކަމަށް ބުނެ ޑްރައިވަރުންގެ އަޑުގަދަވެފައި ވަނިކޮށެވެ.