ސްޓްރޯބެރީ ދޯނި މާލޭ ފަޅުތެރެ އަށް ފެތިއްޖެ
ސްޓްރޯބެރީ ދޯނި މާލޭ ފަޅުތެރެ އަށް ފެތިއްޖެ

ސްޓްރޯބެރީ ބަރުކޮށްގެން ހުޅުލެ އިން މާލެ އައި ދޯންޏެއް މިއަދު ހަވީރު ޓީ ޖެޓީ ސަރަހައްދަށް ފެތިއްޖެ އެވެ.

ސްޓްރޯބެރީ ދޯނި މާލޭ ފަޅުތެރެ އަށް ފެތިއްޖެ
ސްޓްރޯބެރީ ދޯނި މާލޭ ފަޅުތެރެ އަށް ފެތިއްޖެ

ދޯނި ފެތުމާއެކު އޭގައި ހުރި ހުރިހާ ސްޓްރޯބެރީތަކެއް ވަނީ ފެންމައްޗަށް އަަރައި އޮޔާ ދާން ފަށައިފި އެވެ. އެމްއެންޑީއެފުން މިހާރު އަންނަނީ ފަޅު ތެރޭގައި އޮޔާ ދެމޭ ސްޓްރޯބެރީތައް ނަގައި، ދޯނި މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ސްޓްރޯބެރީ ދޯނި މާލޭ ފަޅުތެރެ އަށް ފެތިއްޖެ
ސްޓްރޯބެރީ ދޯނި މާލޭ ފަޅުތެރެ އަށް ފެތިއްޖެ

މަންޒަރު ދުށް ބައެއް މީހުން ބުނީ ދޯނި އަޑިއަށް ދިޔައީ، އެއްގަމު ތޮށްޓަށް ވާ އައްސާފައި އޮއްވާ ދިޔަވަމުން ގޮސް ކަމަށެވެ. މިއީ ކޮން ބައެއްގެ ދޯންޏެއް ކަމެއް އަދި އޭގައި ހުރި މުދަލުގެ އަގެއް ވެސް އަދި ސާފެއް ނުވެ އެވެ.

މި ދުވަސްވަރު ސްޓްރޯބެރީ ވަނީ ރާއްޖޭގައި އާދަޔާ ހިލާފަށް އާއްމުވެފަ އެވެ. ކުރިން 70 ރުފިޔާ އަށް ލިބުނު ސްޓްރޯބެރީ ފޮށްޓެއް ބާޒާރުމަތީގެ ގިނަ ފިހާރަތަކުން މިއަދު 15-20 ރުފިޔާ އަށް ގަންނަން ލިބެ އެވެ.

ސްޓްރޯބެރީ ތިޔާގިވެފައި މިވަނީ، މިއީ މިސްރުގައި ސްޓްރޯބެރީގެ މޫސުމަށް ވެފައި، އަގުހެޔޮކޮށް ލިބޭތީ އެވެ.