05 ޖުލައި 2022 - 13:40

އިންޒާރަކާ ގުޅިގެން މާލޭގެ ތިން ސަރަހައްދެއް ބަންދުކޮށް، ފުލުހުންނާއި ސިފައިން މަގުތަކުގައި ފޯރިމަރަން ފަށައިފި އެވެ.

ބަންދުކޮށްފައި ވަނީ އޯކިޑް މަގުގެ ގްރީން ޒޯނާއި މަޖިލިސް ރައީސްގެ ގެކޮޅު ކަމަށްވާ މުރައިދޫގެ ހުންނަ ސަރަހައްދާއި އަދި ބޮޑުތަކުރުފާނުމަގުގައި ޗައިނާ އެމްބަސީ ހުންނަ ސަރަހައްދެވެ.
އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވީ ހަތިޔާރާ އެކުގަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އެމްއެންޑީއެފުން ފުލުހުންގެ އެހީތެރިކަމަށް އެދިގެން މިއަދު އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސިފައިން އެ ސަރަހައްދުތައް ބަންދުކުރީ ޗައިނާ އެމްބަސީގެ ތެރޭގައި، ބޮމެއް ކަމަށް ބެލެވޭ ގޮތް ނޭނގޭ އެއްޗެއް އޮތް ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނަކަށެވެ. އެކަމަކު، އެއީ ގޮވާ އެއްޗެއް ނޫން ކަން ޔަގީންކުރުމަށް ފަހު ސިފައިން ވަނީ އެ އޮޕަރޭޝަން ނިންމާލައިފަ އެވެ.