ބީއެމްއެލް ފެހި ޕްރޮޖެކްޓް: ގަސް ހޯދުމުގެ ފަހު ތާރީހަކީ މި މަހުގެ 20
ބީއެމްއެލް ފެހި ޕްރޮޖެކްޓް: ގަސް ހޯދުމުގެ ފަހު ތާރީހަކީ މި މަހުގެ 20

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް ބީއެމްއެލް އިން ފެށި ޕްރޮޖެކްޓަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އަށް ހަމަވާނެ ކަމަށް އެތަނުން ބުނެފި އެވެ.

"ބީއެމްއެލް ފެހި ޕްރޮޖެކްޓް"ގެ ނަމުގައި ތައާރަފުކުރި ޕްރޮޖެކްޓަށް ފުރުސަތު ހުޅުވާލައިފައި ވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އެކަންޏަށެވެ.

ބީއެމްއެލް އިން ބުނީ[email protected]އަށް އީމެއިލްކޮށްގެން ވެސް ހުށަހެޅިދާނެ ކަމަށެވެ.

އެ ބޭންކުން ބުނީ ނާސަރީތަކުން ގަސް ހޯދުމަށްފަހު، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބޭންކުން ނިންމާފައިވާ ކަމަށެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 12 ޖަހަންދެނެވެ.
އެޕްލިކޭޝަން ފޯމާއި ފެހި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.