ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވަނީ
ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވަނީ

ޔުނިކްސް ސްޕޯޓިން އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ.

ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވަނީ
ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވަނީ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަަން ހަމަޖެހިފައިވާ މި ކުޅިވަރު ޓޯނަމެންޓުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 12 އަށް ހަމަވާނެ ކަމަށް ޔުނިކްސް އިން ބުންޏެވެ.

ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވަނީ
ޕެއިންޓްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަމަވަނީ

އަންނަ މަހުގެ 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުން ފުރުސަތު ދޭނީ އެންމެ ފުރަތަމަ ބައިވެރިވާ 24 ޓީމަކަށެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ ފަސް މެންބަރުންނެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 2،000ރ. ކޮންމެ ޓީމަކުން ދައްކަން ޖެހެ އެވެ.

މުބާރާތުގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ލިބެ އެވެ. ނަމަވެސް، އެއީ ކިހާވަރެެއްކަން އަދި ހާމަ އެއް ނުކުރެ އެވެ.

ޔުނިކްސް ސްޕޯޓިންގެ މީޑިއާ ކޯޑިނޭޓަރު ހަދީޖާ އިބާ ބުނީ އެ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ޔަގީންކަމާ އެކު ތިން މެޗު ކުޅެލަން ލިބޭނެ ކަމަށެވެ. ކުރިއަށް ދާ ވަރަކުން އިތުރު މެޗުތައް ކުޅެން ލިބޭނެ އެވެ.

"ކޮންމެ ޓީމަކަށްވެސް ޔަގީންކަމާ އެކު ތިން މެޗުކުޅެން ލިބޭނެ. ކޮންމެ މެޗެއްގަ ހިމެނޭނެ 5-15 މިނެޓާ ދޭތެރޭގެ ތިން ގޭމު. އެެއީ ބައިވެރިވާ އެންމެންނަށް ވެސް ގިނަ ގޭމު ކުޅެލުމުގެ ފުރުސަތު ދިނުމަށް ނިންމި ގޮތެއް،" އިބާ ބުންޏެވެ.

ތިން ވައްތަރެއްގެ ގޭމު ހިމެނޭއިރު، ކޮންމެ ޓީމަކުންވެސް ބޭނުން ވައްތަރެއް އިހްތިޔާރުކުރެވޭނެ އެވެ. އެ ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ "އެލިމިނޭޝަން"، "ކެޕްޗާ ދަ ފްލެގް" އަދި "ސިނާރިއޯ" އެވެ. ގޭމުގެ ވަގުތު ކަނޑައަޅާނީ ބާވަތަށް ބަލައިފަ އެވެ.

ޓީމުތަކުގެ މެންބަރުންނަށް ކޮންމެ މެޗަކަށް 300 ކުލަ ވަޒަން ލިބޭނެ އެވެ. އެއީ ކޮންމެ ގޭމަކަށް 100 ވަަޒަނެވެ. އަދި ވާދަކުރާ ހުރިހާ ޓީމުތަކަށް ވެސް ޕްރެކްޓިސް މެޗެއް ލިބޭނެ ކަމަށް ޔުނިކްސް އިން ބުންޏެވެ.

މި މުބާރާތަކީ ޔުނިކްސް ސްޕޯޓިން އިން އެމްއެންޑީއެފް އަދި އެޗްޑީސީއާ ގުޅިގެން ހުޅުމާލެއިން ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޓޯނަމެންޓެކެވެ.

ޔުނިކްސް ސްޕޯޓިންގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ނުވަތަ 7388536 ނަންބަރަށް ގުޅައިގެން ޓޯނަމެންޓަށް ރެޖިސްޓަ ކުރެވޭނެ އެވެ.