އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބިގެން ބެލިއިރު ފެނުނީ އަނދާފައި ހުރި ބެޓެރިތަކެއް: ޕޮލިސް
އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބިގެން ބެލިއިރު ފެނުނީ އަނދާފައި ހުރި ބެޓެރިތަކެއް: ޕޮލިސް

މައްޗަންގޮޅީ ސަހަރާ ކައިރިން މިއަދު ހަވީރު ބާރުގަދަ އެއްޗެއް ގޮވި ކަމުގެ ރިޕޯޓް ލިބިގެން ބެލި އިރު ފެނުނީ "އަނދާފައި ހުރި ބެޓެރިތަކެއް" ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބިގެން ބެލިއިރު ފެނުނީ އަނދާފައި ހުރި ބެޓެރިތަކެއް: ޕޮލިސް
އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބިގެން ބެލިއިރު ފެނުނީ އަނދާފައި ހުރި ބެޓެރިތަކެއް: ޕޮލިސް

ސަހަރާގެ އިރު އުތުރު ކަންމަތިން ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށް އާއްމުންގެ ބަޔަކު ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރިޕޯޓާ ގުޅިގެން ފުލުހުންނާއި ސިފައިން އެތަނަށް ގޮސް ތިބީ ސަލާމަތީ ފިޔަވަޅުތަކާ ވެސް އެކުގަ އެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ވެހިކަލަކާއި ފުލުހުންގެ ދެ ވެހިކަލެއް ވެސް އެބައޮތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި ބެޓެރިތައް އަނދާފައި ހުރި ސަބަބު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.