ޔާމީން ހުށަހަޅުއްވައި ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި
ޔާމީން ހުށަހަޅުއްވައި ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުށަހެޅުއްވުމަކަށް ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓަށް ރޭ ބަދަލުކޮށްފި އެވެ.

ޔާމީން ހުށަހަޅުއްވައި ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި
ޔާމީން ހުށަހަޅުއްވައި ޕީޕީއެމް ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށްފި

އެ ޕާޓީން ބުނި ގޮތުގައި ކައުންސިލްގެ ނަން ބަދަލުކޮށް، އެތަނުގައި ތިއްބެވި މެމްބަރުންނަކީ ސެނެޓާސް ކަމަށް ވެސް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. އެ ޕާޓީގެ ކައުންސިލަކީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މުހިއްމު ނިންމުންތަކުގެ ބާރު އޮންނަ ގުނަނެވެ.

މި ފަހުން ކައުންސިލަށް ވަނީ މެމްބަރުން އިތުރުކޮށްފަ އެވެ. އެއީ ކައުންސިލަށް އަލަށް އިތުރުކުރި 10 މެމްބަރުންނާއި ހުސްވެފައިވާ މަގާމްތަކަށް 7 މެމްބަރުންނާ އެކު ޖުމްލަ 17 މެމްބަރުންނެވެ. މި މަގާމްތަކަށް ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް ކައުންސިލުން ނެގި ސިއްރު ވޯޓުގައި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ގިނަ ބަޔަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ.

އެހެންވެ ކައުންސިލްގެ ނިންމުމަކަށް ވީ ނުހޮވުނު ގިނަ މެމްބަރުން ޕީއެންސީގެ ކައުންސިލަށް އައްޔަން ކުރުމަށެވެ.

ޕީޕީއެމް އާއި ޕީއެންސީން ކައުންސިލް ބައްދަލުވުންތައް ބައެއް ފަހަރަށް މެމްބަރުން އެއްކޮށްލައިގެން ބާއްވަ އެވެ.

ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.