03 ޖުލައި 2022 - 13:11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު، ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ނުުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މާދަމާ ހެނދުނު ސައުދީއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އެ މަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ ރާއްޖެއަށް ލިބުނު ކޯޓާގެ ދަށުންނެއް ނޫނެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް މާދަން ފުރާވަޑައިގަންނަވާއިރު މިއަހަރުގެ އަމީރުލް ހައްޖު، އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީ ވަނީ މިއަދު ހައްޖަށް ފުރާވަޑައިގެންފަ އެވެ.
ރާއްޖެއަށް މިއަހަރު ލިބުނީ 453 ކޯޓާ އެވެ. އޭގެ ތެރެއިން 100 ކޯޓާ އާންމުންނަށް ދީ ބާކީ 353 ޖާގަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށް ކުރިން ފައިސާ ދައްކައިގެން ކިއުގައި ތިބި މީހުންނަށެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހުރިހާ ހައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ.