29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ފުލުހުންނާއި ސިފައިން ކަނޑުމަތީގައި ހިންގި 48 ގަޑިއިރުގެ އޮޕަރޭޝަނުގައި އަތުލައިގަތް 29 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް މިއަދު 15 ދުވަސް ޖަހައިފި އެވެ.

29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ގޭސް ސިލިންޑަރެއްގެ ތެރޭގައި ރައްކާކޮށްގެން އެތެރެކުރި 145 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ދެ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހެކެވެ. މީގެ ތެރެއިން ފުލުހުން ފޮޓޯ އާންމުކުރީ ދެ ދިވެހިންގެ އެވެ. އެއީ މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ބެލެވޭ މ. ރަތްކޮކާގޭ އަހުމަދު ސަދޫހު ހުސެއިންގެ އިތުރުން މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ގޭސް ސިލިންޑަރު ކަނޑުމަތިން ބަލައި ދިޔަ ލ. މާމެންދޫ އާސްތާނާ، މުހައްމަދު ނިއުޝާދެވެ.

29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

މީގެ ތެރެއިން ސަދޫހަކީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ސިފައިންނާއި ފުލުހުން މުޅި އޮޕަރޭޝަން ހިންގީ އޭނާ އަކީ އެންމެ ބޮޑު އަމާޒަކަށް ހަދައިގެންނެވެ. އެގޮތުން ސަދޫހަށް މާލެ އިން ފެށިގެން ދިޔައީ ފާރަލަމުންނެވެ.

29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
29 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ފުލުހުން ބުނާ ގޮތުގައި އދ. އަތޮޅާ ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން އެހެން އުޅަނދަކުން ނެގި ގޭސް ސިލިންޑަރަކާ އެކު ދަތުރުކުރި ދިވެހި ދޯނި، ކޯސްޓް ގާޑުގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިިއިރު 29 ކިލޯގެ މަސްތުވާތަކެތި އޭގައި ހުއްޓެވެ.

ގޭސްފުޅި ހަލާކުކޮށްލައިގެން ބެލިއިރު މަސްތުވާތަކެތި ހުރީ ރަބަރު ޕެކެޓްތަކެއްގައި ރީއްޗަށް ބަންދުކޮށްފަ އެވެ. އަދި މަސްތުވާތަކެތި ހުރި ދޯނި ތެރޭގައި ސަދޫހު ވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަސްތުވާތަކެތި ރާއްޖެއާ ހަމައަށް ގެނެސްފައި ވަނީ ޕާކިސްތާނުގެ ނެޓްވޯކެއްގެ އެހީގަ އެވެ. ކަނޑު މަތިން ގޭސް ފުޅި ބަލާ ދާން ސަދޫހު ކައްޕިއެއްގެ ގޮތުގައި ބޭނުންކުރީ ނިއުޝާދާއި ދެ ބިދޭސީ އެކެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ނިއުޝާދުގެ އެހީތެރިކަން ހޯދަން ސަދޫހު ވަނީ އޭނާ އަށް ފައިސާގެ ވަރަށް ބޮޑު އަދަދެއް ހުށަހަޅާފައި ކަމަށެވެ.

ނަވާޒް ވިދާޅުވި ގޮތުގައި ސަދޫހުގެ އިތުރުން ނިއުޝާދަކީ ވެސް ވައްކަމާއި ފޭރުމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އޭގެ އިތުރުން ސަދޫހަކީ ބަރޮސް މޯލްޑިވްސް އަށް އަރައި އެ ތަނުގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ވެސް ހައްޔަރުކުރި މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ 29 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި އިތުރު ބަޔަކު ޝާމިލްވާ ނަމަ، އިންސާފުގެ ކުރިމައްޗަށް އެމީހުން ގެންނާނެ ކަމަށެވެ.

މިއީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެއްޗެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީގެ ކުރިން 24 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެހެން ނަމަވެސް ކަނޑު އަޑިއަށް ފައްތާފައި ވަނިކޮށް، އާންމުންގެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ކުރިން ވަނީ އެއް ޓަނުގެ މަސްތުވާތަކެތި ހޯދައިފަ އެވެ.