ބޯނަސް ޑޭޓާއާ އެކު ސުޕަނެޓްގެ ހިދުމަތް ގެމަނަފުއްޓަށް
ބޯނަސް ޑޭޓާއާ އެކު ސުޕަނެޓްގެ ހިދުމަތް ގެމަނަފުއްޓަށް

ބޯނަސް ޑޭޓާއާއެކު އުރީދޫ ފައިބާ ސުޕަނެޓްގެ ހިދުމަތް ގއ. ގެމަނަފުށީގައި ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ ގެމަނަފުށީ ރައްޔިތުންގެ ތެރެއިން ސުޕަނެޓަށް ސަބްސްކްރައިބް ކުރާ މީހުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. އެ ހިދުމަތާ އެކު 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑެއްގައި އިންޓަނެޓް ސްޕީޑް ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އެއީ މި ވަގުތު ރާއްޖޭގެ މާކެޓުގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.

"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތް މި ޕްލޭނާއެކު ލިބޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އެ ހިދުމަތާއެކު ގެމަނަފުށީ މީހުންނަށް އިތުރު ފުރުސަތުތަކެއް ލިބޭ ގޮތް ވުމަކީ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި އިންޓަނެޓްގެ ސްޕީޑް ފަސް ގުނަ އަށް އިތުރު ކުރުމާއި 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ގޮތް ހެދުން ހިމެނެ އެވެ. މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުވި ވާނެ އެވެ.