އެމްޕީއެލްގެ ފްލެޓް ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި
އެމްޕީއެލްގެ ފްލެޓް ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުން ފްލެޓު ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި އެވެ.

އެމްޕީއެލްގެ ފްލެޓް ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި
އެމްޕީއެލްގެ ފްލެޓް ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި

އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ގެންދިޔަ ގުރު ނެގުމުގައި އެމްޕީއެލް ޓަވަރުގެ 534 ފްލެޓް، މުވައްޒަފުންގެ މެދުގައި ވަނީ ބަހައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

އެމްޕީއެލްގެ ފްލެޓް ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި
އެމްޕީއެލްގެ ފްލެޓް ލިބުނު މުވައްޒަފުންގެ މެދުގައި ގުރު ނަގައިފި

އެމްޕީއެލްގެ 15 ބުރީގެ ތިން ޓަވަރަށް ޝަރުތުހަމަވި މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ނަންތައް އެ ކުންފުނިން ވަނީ ކުރިން އާންމުކޮށްފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން އެމްޕީއެލްގެ ޓަވަރުތަކުގެ މަސައްކަތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޕީއެލް ޓަވަރުގެ މަސައްކަތް ނިންމުމަށް މިހާރު ދީފައިވާ އެންމެ ފަހު މުއްދަތަކީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލެވެ.