30 ޖޫން 2022 - 11:19

ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.

ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް، މީމިސް މެދުވެރިކޮށެވެ. އެކަމަކު ދަރިވަރުން ކުރި މަސައްކަތަށް ފީޑްބެކް ދިނުމަށާއި އިތުރު ހިތްވަރު ދިނުމަށް ސްކޫލަށް ހާޒިރުކުރެ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް 7 ވަނަ ދުވަހެވެ. އެއަށްފަހު އަންނަ އޮކްޓޯބަރު 9 ގައި މިޑް ޓާމް ބަންދަށް ފަހު، ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ އަންނަ ޑިސެމްބަރު 22 ގަ އެވެ.
ދެ ވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ 8 ގަ އެވެ.
ފުރަތަމަ ޓާމްގައި 92 ދުވަސް އަދި ދެ ވަނަ ޓާމްގައި 111 ދުވަހު ކިޔަވައިދޭނެ އެވެ.