01 ޖެނުއަރީ 2017 - 06:47

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވުމުން އެމެރިކާގެ ވަރަށް ގިނަ ބައެއްގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ލިބުނު ނުތަނަވަސްކަން ބޮޑެވެ. އެ ހާލުގައި އެތައް ބަޔަކު ތިއްބައި އެކްޓަރު ޗާލީ ޝީން މި ވަނީ ވަރަށް ސީރިއަސް މޫޑެއްގައި "މަޖާ ވާހަކައެއް" ދައްކައިފަ އެވެ. އެއީ 2020 ގައި ޓްރަމްޕް ބަލި ކުރަން އިންތިހާބުގައި ވާދަ ކުރަން ނިކުންނަ ވާހަކަ އެވެ.
ޝީން ކުރި ޓްވީޓެއްގައި އޭނާ ވަނީ 2020ގެ ރިޔާސީ އިންތިހާބަށް ނިކުންނާނީ ޓެޑް ކްރޫޒާ އެކު ކަމަށް ބުނެފަ އެވެ. ޓެޑަކީ ރިޕަބްލިކަން ކެންޑިޑޭޓެއްގެ ގޮތުގައި، ރިޔާސީ އިންތިހާބުގެ ޓިކެޓަށް ޓްރަމްޕާ ވާދަ ކުރެއްވި ބޭފުޅެކެވެ.
އެމެރިކާގެ ދިދަ އާއި ޓެޑާއި އަމިއްލަ ފޮޓޯއަކާ އެކު ޗާލީ ޓްވީޓް ކުރި "ކެމްޕޭން ޕޯސްޓަރާ އެކު" އޭނާ ބުނީ ހަތަރު އަހަރު ފަހުން ޓްރަމްޕް ބޭރުކޮށްލެވިދާނެ ކަމަށެވެ.
"ޔޫ ބްރިންގް އޯސަމް، އައި ވިލް ބްރިންގް ވިނިން. ޝީން/ކްރޫޒް 2020" ޓޫ އެންޑް ހާފް މެން އާއި އާއި އެންގަ މެނޭޖްމަންޓް ފަދަ ސިލްސިލާތަކާއި "ހޮޓްޝޮޓްސް" ފަދަ ފިލްމްތައް ކުޅެފައިވާ ޝީން ބުންޏެވެ.
އެޗްއައިވީ ޖެހިފައިވާ، އުމުރުން 51 އަހަރުގެ ޝީންއާ ގުޅުން ހުރި އަހުލާގީ އެކި މައްސަލަތައް މި ފަހަކުން ވަނީ ފެންމަތިވެފަ އެވެ.