29 ޖޫން 2022 - 14:09

ހުޅުމާލޭގައި 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޅ. ނައިފަރު، ލޮސްޓަސްމާގޭ، ޝިއުނާ ހުސެއިން ސިޔާނު ކަމަށެވެ. އެ އަންހެން މީހާގެ ފޮޓޯ ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
އޭނާ ވީނުވީއެއް ނޭނގި، އާއިލާ އަށް އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށް ބުންޏެވެ.
އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަޔަސް، މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ބުންޏެވެ.
އެހެންވެ، އެ އަންހެން މިހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް، އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ރިޕޯޓްކުރަން ވަނީ އެދިފަ އެވެ.