"މިހާރު" ސްކޫލް ގައިޑް ނެރެފި
"މިހާރު" ސްކޫލް ގައިޑް ނެރެފި

ދިރާސީ އަހަރު ނިމި، ބޮޑު ޗުއްޓީއާ ދިމާކޮށް "މިހާރު" އިން ނެރެމުން އަންނަ ސްކޫލް ގައިޑްގެ މި އަހަރުގެ މެގަޒިން މިއަދު ނެރެފި އެވެ.

"މިހާރު" ސްކޫލް ގައިޑް ނެރެފި
"މިހާރު" ސްކޫލް ގައިޑް ނެރެފި

މި އަހަރުގެ ސްކޫލް ގައިޑް މެގަޒިންގައި ވެސް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ބޭނުންތެރި މައުލޫމާތުތަކެއް ވަނީ ހިމަނައިފަ އެވެ. އަދި ނިމުނު ދިރާސީ އަހަރު ތައުލީމީ ގޮތުން ވިދާލި ބައެއް ދަރިވަރުންގެ ވާހަކަތަކާއި އެ ކުދިންގެ ފަރާތުން އެހެން ދަރިވަރުންނާ ހިއްސާކޮށްފައިވާ މުހިންމު ބައެއް ޓިޕްސްތައް ވެސް މި ފަހަރުގެ ގައިޑުގައި ހިމެނެ އެވެ.

"މިހާރު" ސްކޫލް ގައިޑް ނެރެފި
"މިހާރު" ސްކޫލް ގައިޑް ނެރެފި

ސްކޫލް ގައިޑާ ގުޅޭ ގޮތުން "މިހާރު"ގެ ހެޑް އޮފް މާކެޓިން އެންޑް ސޭލްސް އިސްމާއިލް ޝިއުތު ވިދާޅުވީ މި ފަހަރު ވެސް ދަރިވަރުންނަށް މުހިންމު ގިނަ މައުލޫމާތުތަކެއް މި ގައިޑުގައި ހިމަނާފައިވާ ކަމަށެވެ. އަދި މާލެ އާއި ރާއްޖޭގެ އާބާދީ ބޮޑު ހިސާބުތަކުގައި މި ގައިޑް ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝިއުތު ވިދާޅުވި އެވެ.

މާލޭގެ ގިނަ ބުކްޝޮޕްތަކުން ވެސް ސްކޫލް ގައިޑް ހިލޭ ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޫލް ގައިޑްގެ މި ފަހަރުގެ އަދަދުގައި ވެސް ކުރިއަށް އޮތް ދިރާސީ އަހަރުގެ ކަލަންޑަރު ވަނީ ހިމަނައިފަ އެވެ. މި ގައިޑުގައި ހިމެނޭ ގިނަ އާޓިކަލްތައް "މިހާރު" ވެބްސައިޓުގައި ވެސް ޝާއއުކުރާނެ އެވެ.