އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، ފިޓްނަސް ޕާޓްނަރަކީ އެކްސްޓްރީމް
އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، ފިޓްނަސް ޕާޓްނަރަކީ އެކްސްޓްރީމް

އަންނަ މަހު ރާއްޖޭގައި ބާއްވާ އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، ފިޓްނަސް ޕާޓްނަރަކީ އެކްސްޓްރީމް
އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، ފިޓްނަސް ޕާޓްނަރަކީ އެކްސްޓްރީމް

ފިޓްނަސް ޕާޓްނަރަކަށް ހަމަޖެއްސީ، މިހާރު ވެސް ގައުމީ ބޮޑީ ބިލްޑިންގް ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދާ "އެކްސްޓްރީމް ފިޓްނަސް" އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ.

އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، ފިޓްނަސް ޕާޓްނަރަކީ އެކްސްޓްރީމް
އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، ފިޓްނަސް ޕާޓްނަރަކީ އެކްސްޓްރީމް

މިދިޔަ ހަފުތާގައި ވަނީ އިތުރު ތިން ޕާޓްނަރުންނާ އެކު ވެސް ސޮއި ކޮށްފަ އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. އިވެންޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ އޮފިޝަލް އިވެންޓްސް އެވެ. ކްރިއޭޓިވް ޕާޓްނާއެއެގެ ގޮތުގައި ކަނޑައެޅީ އޯކާ މީޑިއާ ގުރޫޕެވެ.

އަންނަ މަހުގެ 15-21 އަށް މާފުށީގައި ބާއްވާ މުބާރާތަށް އެކި ފަރާތްތައް "އޮން ބޯޑް" ކުރުމުގެ ގޮތުން ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުން އަންނަނީ އެކި ފަރާތްތަކާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބީބީއޭއެމްގެ ވެރިން އިއްޔެ ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރައްވައިފަ އެވެ.

އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރަތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތަކަށް ވާނެ އެވެ. ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުން ލަފާކުރާ ގޮތުގައި އޭޝިއާގެ 30 ގައުމަކުން 500 އެއްހާ މަންދޫބުން މުބާރާތަށް ހާއްސަކޮށް ރާއްޖެ އަންނާނެ އެވެ.

"ކުޅިވަރު މުބާރާތަކަށް ރާއްޖޭގައި އަދި މިހާތަނަށް މި ވަރުގެ ކޮންޓިޖެންޓަކަށް ކޭޓާކޮށްފައި ވެސް ނުވާނެ. މިއީ ކުޅިވަރު މުބާރާތަކަށް ރާއްޖެ އަންނާނެ އެންމެ ބޮޑު ކޮންޓިންޖެންޓް،" މުބާރާތާ ބެހޭގޮތުން މީގެ ކުރިން "މިހާރު އަށް ދިން އިންޓަވިއުގައި ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

"ރާއްޖޭގައި މުބާރާތް ބާއްވާތީ އަޅުގަނޑަށް އެނގޭ އެހެން ގައުމުތަކުން ބައިވެރިވާ އެތުލީޓުންނާއި އޮފިޝަލުން އެކްސައިޓްމެންޓް އޮތް ވަރު. އެކަން އޭބީބީއެފް [އޭޝިއާ ބޮޑީ ބިލްޑިން ފެޑެރޭޝަން] ގެ ވެރިންގެ މެދުގައި ވެސް އެބައޮތް."

އޭނާ ވިދާޅުވިގޮތުގައި، ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައި މުބާރާތް ބޭއްވުމުން ރާއްޖޭގެ ޓޫރިޒަމްގެ މަގުބޫލުން އިތުރުވާނެ އެވެ. އެއީ ކުޅިވަރު ހަރަކާތަކަށް އެންމެ ބޮޑަށް ރާއްޖެ އިޝްތިހާރު ވާނެ ކަމެއްގެ ގޮތުގައި އިބްރާހިމް ސިފަ ކުރައްވަ އެވެ.

މުބާރާތަށް ހާއްސަކޮށް ސްޓޭޖް ވެސް ހަދަނީ މާފުށީގެ ބީޗް ސަރަހައްދުގަ އެވެ.

"މި މުބާރާތަކީ އޭގެ ޒާތުން ބެލިޔަސް ރާއްޖެ އަށް ކުޅިވަރުގެ އިވެންޓަކުން އެންމެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ އިވެންޓް. ބޮޑީ ބިލްޑިންގްގައި އޭޝިއާގެ އެންމެ މަޝްހޫރު އެތުލީޓުން ރާއްޖެ އަންނާނެ. އެ އެތުލީޓުން މެދުވެރިކޮށް އެތައް ބަޔަކަށް ރާއްޖެގެ ޕްރޮމޯޝަން ރީޗް ވާނެ،" އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖެ އިން ވެސް 20 އެތުލީޓުން މުބާރާތުގައި ތަމްސީލު ކުރާނެ އެވެ. ބޮޑީ ބިލްޑިންގްގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިންގް އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ލޯ މެޑަލް ވެސް ހޯދި އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިންގް މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ