ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ވަދެގަނެ، އެތަނުގައި ހުރި ތަކެތި އުކާލައި، މީހުންނަށް ހަމަލާދީ، ބިރު ދައްކައި އިންޒާރުދިން މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް

ފުލުހުން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެ ދެ މީހުން ވެސް ބަންދުކުރަން ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 21 އަށް

ޔާގޯއާ ދެކޮޅަށް ބޭއްވި ހަރަކާތާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ބައެއް ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން މިއަދު މައުލޫމާތު އާއްމުކުރި ދެ މީހުންނާ އެކު އެ މައްސަލައިގައި މިހާތަަނަށް ޖުމްލަ 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

1. އަބޫބަކުރު ފާރިއު، 25 / ކާނޭޝަންމާގެ، ނ. މިލަދޫ

2. ޝަބިމް އާދަމް، 31 / އާބާދީގުލްޝަން، ފ. ދަރަނބޫދޫ

އަބޫބަކުރު ފާރިއުގެ ބަންދަށް ދެ މަސް (60 ދުވަސް) އަދި ޝަބިމް އާދަމްގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާނާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެ އެވެ.

ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް އަންނަނީ ހިންގަމުންނެވެ.

ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު އެވެ. ހަމަނުޖެހުން ހިންގި ތަނަށް ފަތިހު ދިދަތައް ނެރެގެން ގެންދިޔައީ ޕީޕީއެމްގެ އޮފީހުންނެވެ. އެކަމަކު އެ ޕާޓީން ބުނެފައި ވަނީ ހަމަނުޖެހުން ހިންގުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ ޕާޓީން ދިދަތައް ނެރުނު މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.