އާލިއާ ބަލިވެއިންކަން ލޯބި ފޮޓޯއަކާ އެކު އިއުލާނުކޮށްފި
އާލިއާ ބަލިވެއިންކަން ލޯބި ފޮޓޯއަކާ އެކު އިއުލާނުކޮށްފި

ބޮލީވުޑްގެ އެކްޓަރު އާލިއާ ބަޓް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އިއުލާނުކޮށްފި އެވެ.

ތިން އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އާލިއާ އާއި ރަންބީރު ކައިވެނިކުރީ މިއަހަރުގެ އޭޕްރީލް 14 ގަ އެވެ.

އާލިއާ ބަލިވެ އިން ޚަބަރު ސަޕޯޓަރުންނަށް ހިއްސާކުރީ މިއަދު ހެނދުނު އެވެ. އިންސްޓަގްރާމުގައި އޭނާ އާންމުކުރި ފޮޓޯގައި ފެންނަނީ ހޮސްޕިޓަލުގެ އެނދުގައި ވަރަށް ހެވިފައި އޮވެ ސްކޭން މެޝިނަށް އާލިއާ ބަލަހައްޓައިގެން އޮއްވަ އެވެ. ފިރިމީހާ އިންނަނީ ކައިރީީގައި އިށީނދެ އެވެ.

އެ ފޮޓޯއާ އެކު ދެން ހިއްސާކުރީ ދެ ސިންގާ އޭގެ ދަރިފުޅާ އެކު އޮތް ފޮޓޯއެކެވެ.

ކެޕްޝަންގައި ޖަހާފައި ވަނީ "އަވަ ބޭބީ.. ކަމިން ސޫން..." އެވެ.

ބަނޑުބޮޑު ކަމުގެ ޚަބަރު ހިއްސާކުރިއިރު އާލިއާ ހުރީ އޭނާގެ ފުރަތަމަ ހޮލީވުޑްގެ މަސައްކަތްކުރުމަށް އެމެރިކާގަ އެވެ. އެއީ ވޮންޑަ ވުމަންގެ ތަރި ގަލް ގެޑޮޑާ އެކު އާލިއާ ފެންނަ މަސަައްކަތެކެވެ. އަދި ރަންބީރު ގިނަ ފިލްމީ މަސައްކަތްތަކެއް ވެސް އެބަ ހުއްޓެވެ.