ކްރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
ކްރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ސްލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ޝަކީލާ ދެކޮޅަށް ހުށަހެޅި މައްސަލަ މިދިޔަ މަހު ތަހުގީގުކޮށްފައިވާ ކަމަށާއި މިއަދު ބޭއްވ ކޮމިޝަންގެ ބައްދަލުވުމުގައި، މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ގާޒީ ޝަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތައް ބައްލަވާ ގާޒީ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރި މައްސަލާގައި ޝަކީލްގެ މައްސަލަ ފެބްރުއަރީ މަހު ޖޭއެސްސީ އަށް ހުށަހެޅި އެވެ.

ޝަރީއަތް ނިމުނު ގޮތް އާއްމުކުރުމުގެ ގޮތުން ކޯޓުތަކުގެ ވެބްސައިޓުގައި ހުކުމުގެ ޕީޑީއެފް ކޮޕީއެއް ޝާއިއުކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ކޯޓުން އަމަލުކުރަމުން ނުގެންދާ މައްސަލަ ބަލައިދިނުމަށް ވެސް އެދިފައި ވެ އެވެ.

އަމީން ގޭބަންދަށް ބަދަލުކުރީ، ތުހުމަތު ކުރެވޭ ފަދަ އެހެން ކުށެއް ނުކުރުމާއި ގެއިން ބޭރަށް ނުނިކުތުމާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.