"ރޯގް ވަން"ގެ ވިލަން ބެންގެ އަންހެނުން ވަރިވާން ކޯޓަށް
"ރޯގް ވަން"ގެ ވިލަން ބެންގެ އަންހެނުން ވަރިވާން ކޯޓަށް

މި މަހުގެ 16 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ ވިލަންގެ ރޯލް ކުޅެފައިވާ އޮސްޓްރޭލިއާގެ އެކްޓަރު ބެން މެންޑެލްސަންގެ ގާތުން ވަރިވާން އަންހެނުން އަދި ލިޔުންތެރިޔާ އެމާ ފޮރެސްޓް ކޯޓަށް ހުށަަހަޅައިފި އެވެ.

"ރޯގް ވަން"ގެ ވިލަން ބެންގެ އަންހެނުން ވަރިވާން ކޯޓަށް
"ރޯގް ވަން"ގެ ވިލަން ބެންގެ އަންހެނުން ވަރިވާން ކޯޓަށް

ރިޕޯޓްތައް ބުނާ ގޮތުން ހަތަރު އަހަރުވީ ކައިވެންޏަށް ތިން އަހަރުގެ އަންހެން ދަރިއަކު ވެސް ލިބިފައި ވަނިކޮށް، ބެން، 47، ގާތުން ވަރިވާން އެދި، އިނގިރޭސިވިލާތަށް އުފަން އެމާ، 40، ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

"ރޯގް ވަން"ގެ ވިލަން ބެންގެ އަންހެނުން ވަރިވާން ކޯޓަށް
"ރޯގް ވަން"ގެ ވިލަން ބެންގެ އަންހެނުން ވަރިވާން ކޯޓަށް

ވަރިވާން އެމާ ނިންމި މައިގަނޑު ސަބަބަކީ ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި، ބެންއާ އެކުގައި ދެން ނޫޅެވޭނެތީ ކަމަށްވެ އެވެ.

އެމާ ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ދަރިފުޅު ކެރޮލީނާ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. އަދި ދަރިފުޅު އޭނާ ކައިރީގައި ހުއްޓަސް، ކެރޮލީނާ އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ބެން އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ވަރިވާން އެމާ ނިންމި އިރު، މި އަހަރު ފެބްއަރީ މަހު ވެނިޓީފެއާ އިން ބޭއްވި އޮސްކާ ޕާޓީ ހަފުލާ އަށް ފަހު، އެ ދެ މީހުން އެއްވެސް ހަފުލާއަކުން އެކުގައި ފެނިފައެއް ނުވެ އެވެ. "ރޯގް ވަން: އަ ސްޓާ ވޯސް" ސްޓޯރީގެ ޕްރިމިއާގައި ވެސް ބެން އާ އެކު އެމާ ބައިވެރި ނުވާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދާފައިވެ އެވެ.

ދެ މީހުންގެ ވަރީގެ މައްސަލަ މިހާރު ކޯޓްގައި އޮތް އިރު، އެކަމާ ބެހޭ ގޮތުން ބެން ވެސް އަދި އެމާ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ރޯގް ވަން: އަ ސްޓާ ވޯސް" ގެ ވިލަން އޯސަން ކްރެނިކްގެ ރޯލް ކުޅުނު ބެންއަކީ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ.

އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި މިސިސިޕީ ގްރައިންޑް (2015)، އެކްސޯޑަސް: ގޯޑްސް އެންޑް ކިންގްސް (2014) އަދި ދަ ޑާކް ނައިޓް ރައިޒެސް (2012) ފާގަހަކޮށްލެވެ އެވެ.

ބެންގެ ޓީވީ ސިލްސިލާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ބްލަޑް ލައިން" އާއި "ލަވް މައި ވޭ" އެވެ.