26 ޖޫން 2022 - 11:53

ކަރަންޓު ޓްރާންސްފޯމަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މިއަދު މެންދުރު ފަހު މާފަންނުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ މަސައްކަތް ކުރިއަށް ދާނީ މެންދުރު ފަހު 1:00 އާއި 3:45 ދެމެދު އެވެ. އެންމެ ގިނަވެގެން ވެސް ކަރަންޓު ދާނީ 45 މިނެޓަށް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާމަގު އަދި ހަވީރީ ހިނގުމުން ކަރަންޓު ކަނޑާލަން ވަނީ ހަމަޖެހިފަ އެވެ.
ސްޓެލްކޯއިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ބައެއް ހިސާބުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކަނޑާލައިފަ އެެވެ.