ބޮޑެތި ޑިސްކައުންޓުތަކާ އެކު ކްލެސިކްގެ ބޮޑުއީދު ސޭލް
ބޮޑެތި ޑިސްކައުންޓުތަކާ އެކު ކްލެސިކްގެ ބޮޑުއީދު ސޭލް

ޖިއަޑާނޯ އަދި ޖީ2000 ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކްލެސިކް އިން ބޮޑެތި ޑިސްކައުންޓުތަކަކާ އެކު ހާއްސަ އީދު ސޭލެއް ފަށައިފި އެވެ.

ބޮޑެތި ޑިސްކައުންޓުތަކާ އެކު ކްލެސިކްގެ ބޮޑުއީދު ސޭލް
ބޮޑެތި ޑިސްކައުންޓުތަކާ އެކު ކްލެސިކްގެ ބޮޑުއީދު ސޭލް

ޖުލައި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ މި ސޭލްގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި މި ސޭލްގައި 1،000ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް އިތުރު ޑިސްކައުންޓު ނުވަތަ ވަގުތުން ސަޕްރައިޒް އިނާމެއް ވެސް ދޭނެ އެވެ.

ބޮޑެތި ޑިސްކައުންޓުތަކާ އެކު ކްލެސިކްގެ ބޮޑުއީދު ސޭލް
ބޮޑެތި ޑިސްކައުންޓުތަކާ އެކު ކްލެސިކްގެ ބޮޑުއީދު ސޭލް

ކްލެސިކް އިން ބުނީ އެ ސޭލް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ހާއްސަ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ. އެއީ 1،000ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓެވެ.

މަގުބޫލު ދެ ބްރޭންޑު ކަމަށްވާ ޖިއަޑާނޯ އާއި ޖީ2000ގެ އަންްހެން އަދި ފިރިހެން، ސްޓައިލިޝް ރީތި ހެދުންތައް މި ތަނުގައި ހުރެއެވެ. ހާއްސަކޮށް، އޮފިޝަލް ވެއާގެ ޖީ2000 ގެ ރީތި ސޫޓް، ގަމީސް އަދި ފަޓުލޫނުގެ ސްޓައިލިޝް ކަލެކްޝަނެއް މީގެ ތެރޭގައި ހިމެނެ އެވެ.

ޖިއަޑާނޯ ބްރޭންޑުގެ ކުރުތާ އާއި އަންހެން އަދި ފިރިހެންނުނަށް ހާއްސަ ޓީޝާޓާއި ޖީންސް އަދި ކެޝުއަލް ވެއާ އާއި ޕޯލޯ ފަދަ ތަފާތު އެތައް ހެދުމެއް ކްލަސިކުން ލިބޭނެ އެވެ. އަދި ޖީ2000 ގެ ފޯމަލް ވެއާގެ އިތުރުން، ކެޝުއަލް ވެއާ، ޓައީ، ބެލްޓު އަދި ކުރުތާ ވެސް ހުރެ އެވެ. މި ފިހާރައިން ވަނީ އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ކްލެސިކް ލުކްތަކަަކަށް ހެދުންތައް ނެރެދީފަ އެވެ.

ކްލެސިކް ފިހާރަ ހުޅުވާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަމީރުއަހުމަދުމަގުގެ މިލޭނާ ޓަވަރުގައި ހުންނަ މި ފިހާރަ އަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިހާރައެކެވެ. މި ފިހާރައިގެ މަގުސަދަކީ ރާއްޖޭގައި ފެޝަނަށް ޝައުގު ހުންނަ ފަރާތްތަކަށް މޮޅު، ކޮލިޓީ ރަނގަޅު، ރީތި ބްރޭންޑުތަކެއްގެ ކްލޯތިން ލައިންތަކެއް ގެނެސް ދިނުމެވެ.