26 ޖޫން 2022 - 07:52

ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމު "ޝަމްޝޭރާ"ގެ ޓްރެއިލާ ނެރެެފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓްގެ އެ ޓްރެއިލާގައި ފެންނަނީ އިންޑިއާގައި ގަދަވެގެންފައިވާ އިނގިރޭސީންގެ ބައެއްގެ އަތުން މިނިވަންކަން ހޯދުމަށް ރަންބީރު އިސްވެ ކުރާ މަސައްކަތެވެ.
އިނގިރޭސިންނާ ގުޅިގެން ރަންބީރުގެ މަސައްކަތަށް ހުރަސް އެޅުމަށް ސަންޖޭ ދަތު މަސައްކަތްކުރާ މަންޒަރު ވެސް ޓްރެއިލާއިން ފެނެ އެވެ. ވާނީ ކަޕޫރު ފެންނަނީ ރަންބީރުގެ ލޯބިވެރިޔާގެ ރޯލުންނެވެ.
ކަރަން މަލޯތްރާ ޑައިރެކްޓްކުރާ އެ ފިލްމަކީ 1800 ގެ އަހަރުތަކުގައި ހިނގާފައިވާ ކަމަށް ބުނާ ހާދިސާއަކާ ގުޅޭ ފިލްމެކެވެ.
މި ފިލްމަކީ ރަންބީރަށް ހާއްސަ ފިލްމެކެވެ. އެއީ މީގެ ކުރިން ހަނގުރާމަ މަތީ ފިލްމަކުން އޭނާ ފެނިފައި ނުވާތީ ސަޕޯޓަރުންނަށް ވެސް ތަފާތު ގޮތަކަށް އޭނާ ފެނުމުގެ ފުރުސަތު ލިބޭތީ އެވެ.
ހިންދީ އާއި ތަމަޅަ އަދި ތެލުގޫ ބަހުން ނެރޭ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 22 ގަ އެވެ.