26 ޖޫން 2022 - 07:51

ލަވަކިޔުންތެރިޔާ އަދުނާން ސާމީ އާންމުކުރި އޭނާގެ ފޮޓޯއަކާ އެކު ސަޕޯޓަރުން ހިތްކިޔައިފި އެވެ.
ޕާކިސްތާނަށް ނިސްބަތްވާ އަދުނާނަކީ މިހާރު އިންޑިއާގައި ވެސް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އިންޑިއާގައި މަޝްހޫރުވީ 2000 ވަނަ އަހަރުގައި ނިކުތް "ލިފްޓް ކަރްދޭ" ލަވައިންނެވެ.
އެ ލަވައިން މަޝްހޫރުވިއިރު، އަދުނާން ހުރީ ވަރަށް ބޮޑަށް ފަލަކޮށެވެ. އެކަމަކު އޭގެ ފަހުން އޭނާ ވަރަށް ހިކިފައިވާއިރު މިފަހުން ސަޕޯޓަރުންގެ ސަމާލުކަން ލިބުނީ ރާއްޖޭގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯއެއް ހިއްސާކުރުމުންނެވެ.
އަނބިމީހާ ރޯޔާ އާއި ދަރިފުޅު މަދީނާއާ އެކު ނަގާފައިވާ ފޮޓޯ ޕޯސްޓްކުރުމާ އެކު "ރިތިކް ރޯޝަން" ހާ ރީތިވެއްޖެ ކަަމަށް ބުނެ ސަޕޯޓަރުން އަންނަނީ އޭނާ އަށް އައި ބަދަލު ފާހަގަކުރަމުންނެވެ.
ހިކުމާ އެކު ހަމަ މީހަކު އެހާ ހޮޓްވެދާނެތޯ ސުވާލުކުރަމުން ސަޕޯޓަރުން ތިބީ އޭނާ އަށް އެ އައި ބަދަލު ގަބޫލުކުރަން ދަތިވެފަ އެވެ. އަނެއް ބަޔަކު ބުނީ މިހާރު ދުވަހެއް ދުވަހަކަށް ޒުވާން ވަނީ ކަމަށެވެ.
އަދުނާން ވަނީ 2016 ވަނަ އަހަރު އިންޑިއާ އަށް އެެއްކޮށް ބަދަލުވެފަ އެވެ. ދެހާހުގައި އޭނާގެ ލަވަ ހިޓުވިއިރު އޭނާގެ ބަރުދަނުގައި 230 ކިލޯ ހުރި ކަމަށްވެ އެވެ. އަދުނާންގެ ބަރުދަނުގައި މިހާރު ހުރީ ކިހާ ވަރެއް ކަމެއް ސާފެއް ނުވެ އެވެ.