25 ޖޫން 2022 - 19:44

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޝުވޯ ޗަންދުރާ ޝިލް ޖަލަށްލާން ހުކުމްކުރި މައްސަލާގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެ ހާދިސާގެ ހިނގީ 2020 ވަނަ އަހަރު އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ހާމަކުރުން ގާނޫނު މަނާކުރާތީ އާންމު އުސޫލުން އެފަދަ މައްސަލަތަކުގައި ގިނަ މައުލޫމާތުތައް ސިއްރުކުރެ އެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ކުށުގައި 14 އަހަރަށް އަދި ޖިންސީ ގުނަވަން ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގައި އޭނާ ތިން އަހަރަށް ޖަލަށް ލުމަށެވެ.
އެހެން ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ޖަލުގައި 13 އަހަރާއި 11 މަސް ދުވަހެވެ.