މީހާ މަރުވުމަށް ފަހު ވެސް އެލެކްސާ އިން އަޑުއިވޭ ގޮތް ހަދަނީ
މީހާ މަރުވުމަށް ފަހު ވެސް އެލެކްސާ އިން އަޑުއިވޭ ގޮތް ހަދަނީ

މަރުވެފައި ތިބޭ މީހުންގެ އަޑުން އެލެކްސާ އަށް ވާހަކަދެއްކޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަޒަން އިން ބުނެފި އެވެ.

އެ އާ ފީޗާގެ އެހީގައި މަރުވެފައިވާ މީހުންގެ އަޑު ބޭނުންކޮށްގެން އެލެކްސާ އަށް މުއާމަލާތްކުރެވޭނެ ކަމަށާއި އެ ވޮއިސް އެސިސްޓެންޓަށް އެންމެ އަވަހަށް އަންނަ އަޕްޑޭޓްގައި އެ ފީޗާ ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮވިޑް-19 ގައި މަރުވި މީހުންނަށް އިޝާރާތްކޮށް، އެމަޒަން އިން ބުނީ އެ ފީޗާ އަޔަސް، މީހަކު މަރުވެ ދިއުމުން ލިބިފައިވާ ފަޅުކަމަށް "ހައްލު ނާންނާނެ" ކަމަށާއި އެ ފީޗާ ހަދަނީ މަރުވެފައިވާ ގާތް މީހުންގެ ހަނދާންތައް ގިނަ ދުވަހަށް ރައްކާތެރިކޮށްދިނުމުގެ ގޮތުން އެކަނި ކަމަށެވެ.

އެ ފީޗާ މަސައްކަތްކުރުމަށް، ކޮންމެ މީހެއްގެ އަޑު އެއް މިނެޓަށް އެލެކްސާ އިން ރިކޯޑްކުރާނެ އެވެ. އެ ޑޭޓާ އެއްކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެ މީހެއްގެ އަޑު އެ ޑިވައިސްގައި ރައްކާކުރާނެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް އެހީގައި މިހާރު ވެސް ބައެއް ފިލްމުތަކުގައި މަރުވެފައިވާ މީހުންގެ އަޑު ރިކްރިއޭޓްކޮށްގެން ބޭނުންކުރެ އެވެ.