ބޯނަސް ޑޭޓާއާއެކު، އުރީދޫ ސުޕަނެޓްގެ ހިދުމަތް ދާންދު އަށް
ބޯނަސް ޑޭޓާއާއެކު، އުރީދޫ ސުޕަނެޓްގެ ހިދުމަތް ދާންދު އަށް

ބޯނަސް ޑޭޓާއާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ގއ. ދާންދު އަށް މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ، ދާންދު އިން ފައިބާ ސުޕަނެޓް ކަނެކްޝަން ގަންނަ މީހުންނަށް ފުރަތަމަ ތިން މަހަށް 300 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

އެ ހިދުމަތާއެކު، 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑެއްގައި އިންޓަނެޓް ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އެއީ މި ވަގުތު ރާއްޖޭގެ މާކެޓުގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.

" ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތް މި ޕްލޭނާއެކު ލިބޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އެ ހިދުމަތާއެކު ދާންދޫ މީހުންނަށް އިތުރު ފުރުސަތުތަކެއް ލިބޭ ގޮތް ވުމަކީ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ދާދި ފަހުން ގެނަ ބަދަލުތަކުގެ ތެރޭގައި އިންޓަނެޓްގެ ސްޕީޑް ފަސް ގުނަ އަށް އިތުރު ކުރުމާއި 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ގޮތް ހެދުން ހިމެނެ އެވެ.

މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުވި ވާނެ އެވެ.