23 ޖޫން 2022 - 07:05

ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމު "ޝަމްޝޭރާ"ގެ ޓީޒާ އާންމުކޮށްފި އެވެ.
ރަންބީރު ކަޕޫރް ލީޑު ރޯލު ކުޅޭ އެ ފިލްމުގެ އެއް މިނެޓުގެ ޓީޒާއިން ފެންނަ ގޮތުގައި އެއީ މީގެ ކުރިން އޭނާ ކުޅެފައިވާ ކަހަލަ ރޯލެއް ނޫނެވެ. އަދި ކުޅުނު ރޯލުތަކާ ވަރަށް ތަފާތު ރޯލެކެވެ.
އެ ފިލްމަކީ 1800ގެ އަހަރުތަކުގައި އިނގިރޭސީންގެ ފަރާތުން މިނިވަންކަން ހޯދުމަށް އިންޑިއާގެ ބަޔަކު ކުރި ހަނގުރާމައެއް ދައްކާ ފިލްމެކެވެ. އެ ހަނގުރާމައަކީ އަޅެއްގެ ގޮތުގައި ބަޔަކު ގެންގުޅުނު މީހަކު ލީޑަރަކަށްވެ، އެމީހުންނާ ދެކޮޅަށް ހަނގުރާމަ އަށް ނިކުމެ ހޯދާ ކާމިޔާބީއާ ގުޅޭ ފިލްމެކެވެ.
މިއީ ހަނގުރާމަމަތީ ފިލްމަކުން ރަންބީރު ފެންނާނެ ފުރަތަމަ ފަހަރެވެ. ޓީޒާގައި ފެންނަ ގޮތުގައި، ރަންބީރުގެ އިސްތަށިގަނޑާއި ތުނބުޅި ވެސް ހުންނަނީ ވަރަށް ބޮޑަށް ދިގުކޮށްލައިފަ އެވެ.
އެ ފިލްމުގައި ރަންބީރުގެ އިތުރުން ސަންޖޭ ދަތާއި ވާނީ ކަޕޫރް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.
ހިންދީ އާއި ތަމަޅަ އަދި ތެލުގޫ ބަހުން ނެރޭ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 22 ގަ އެވެ.