މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ
މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓު ދިޔައީ މާފަންނުންނެވެ.

މީގެ މަހެއްހާ ދުވަސްކުރިން ވަނީ މުޅި މާލޭން ކަރަންޓު ދިޔަ އެވެ. ސްޓެލްކޯއިން އެ ފަހަރު ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ކަރަންޓު ދޭ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.