ދަތުގެ ސާޖަރީއެއް ހަދައިގެން ސިފަ ގެއްލިއްޖެ
ދަތުގެ ސާޖަރީއެއް ހަދައިގެން ސިފަ ގެއްލިއްޖެ

ދަތުގެ ސާޖަރީއެއް ހަދައިގެން އިންޑިއާގެ ކަންނަޑާ ފިލްމުތަކުގައި މަޝްހޫރު ތަރި ސުވަތީ ސަތިޝްގެ ސިފަ ގެއްލިއްޖެ އެވެ.

ދަތުގެ ސާޖަރީއެއް ހަދައިގެން ސިފަ ގެއްލިއްޖެ
ދަތުގެ ސާޖަރީއެއް ހަދައިގެން ސިފަ ގެއްލިއްޖެ

"ރޫޓް ކެނަލް" ނުވަތަ ދަތުގެ ބުޑުގައި ހެދުނު އިންފެކްޝަނެއް ރަނގަޅުކުރުމަށް ސާޖަރީއެއް ހެދިފަހުން އޭނާގެ މޫނުގެ ވާތްފަޅި އެއްކޮށް ވަނީ ދުޅަވެފަ އެވެ. އޭނާގެ އަނގަމަތި ވެސް ވަރަށް ބޮޑަށް ދުޅަވެ، ކާކުކަން ނޭނގޭ ވަރުވަނީ ވެފަ އެވެ.

އެކަމާ ހުރެ ގެއިން ބޭރަށް ނުކުންނަން ވެސް ނުކުރޭ ކަމަށް ސުވަތީ ބުންޏެވެ.

ސުވަތީ ބުނީ ދެތިން ދުވަހުގެ ތެރޭގައި ދުޅަ ތިރިވާނެ ކަމަށް އޭނާގެ ސާޖަރީ ހެދި ޑެންޓިސްޓް ބުނި ކަމަށެވެ. އެކަމަކު، އޭގެ ފަހުން ތިން ހަފުތާވީއިރު ވެސް ދުޅަ ތިރިނުވި ކަމަށެވެ.

އެންމެފަހުން އޭނާ އެހެން ޑޮކްޓަރަކަށް ދެއްކުމުން ބުނީ، ސާޖަރީ ހަދާފައި ވަނީ ނުބައިކޮށް ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާގެ ކެރިއަރަށް ވެސް ގެއްލުންވެފައިވާ ކަމަށް ސުވަތީ ބުންޏެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓްކުރަން ބޭރަށް ނުދެވި ވަނީ ވެސް އެކަމުގެ ސަބަބުން ކަމަށް ބުންޏެވެ.

މޫނުގެ ދުޅަ ތިރިކުރުމަށް އޭނާ މިހާރު އަންނަނީ އެހެން ކްލިނިކަކުން ފަރުވާ ހޯދަމުންނެވެ.