ޕީޕީއެމްގެ ކައުންސިލަށް މަލީހާއި ނާޒިމާއި ތޯރިގާ އެކު 17 މެމްބަރުން ހޮވައިފި
ޕީޕީއެމްގެ ކައުންސިލަށް މަލީހާއި ނާޒިމާއި ތޯރިގާ އެކު 17 މެމްބަރުން ހޮވައިފި

ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމަށް މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލާއި ޕީޕީއެމްގެ ވެރިކަމުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާ އެކު 17 މެމްބަރުން ރޭ އިންތިހާބުކޮށްފި އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ކައުންސިލަށް އަލަށް އިތުރުކުރި 10 މެމްބަރުންނާއި ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވީ ކައުންސިލްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ކައުންސިލަކީ، އެ ޕާޓީގެ މުހިއްމު ނިންމުންތައް ނިންމާ، އިސް ގުނަނެވެ.

ޕީޕީއެމުން އަލަށް އިތުރުކުރި 10 މެމްބަރުންގެ ގޮތުގައި ކައުންސިލަށް އިންތިހާބުވި މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ އެކި ހަރަކާތްތަކުގައި އުޅޭ ޒުވާނުން ހިމެނެ އެވެ. އޭގެ އިތުރުން ކައުންސިލަށް ފަސް އަންހެން މެމްބަރަކު ވެސް ހޮވި އެވެ.

އަބްދުﷲ ނާޒިމް އިބްރާހިމް

ތޯރިގް އިބްރާހިމް

މުހައްމަދު އަމީން (ކެޕްޓަން އަމީން)

ޑރ. ޖިހާދު

މުހައްމަދު އަބްދުލްކަރީމް (ރުކުމާ)

ހަމްދާން ޝަކީލް

އަހްމަދު އައިފާން

ޑރ. މުހައްމަދު ޝާފިއީ އަބްދުލް މުންނިމާ

އަހްމަދު މުހައްމަދު ވަހީދު

މުހައްމަދު ވަޖީހް އިބްރާހިމް

މުހައްމަދު މަލީހް ޖަމާލް

އިބްރާހިމް ރައްޒާން (ޓަކީ)

ޝެރީން އަބްދުއްސަމަދު

ޖަމީލާ އަލީ ހާލިދު

ޒީނާޒު އަދުނާން

އާމިނަތު ޝިޔާން (އާނަ)

އާމިނަތު ނާސިހާ

ކައުންސިލަށް 10 މެމްބަރުން އަލަށް އިތުރުކުރަން ނިންމީ މި މަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި، އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގެ ހ. ގެ 16 ވަނަ ނަމްބަރަށް ބަދަލު ގެނެސް އިތުރު މެމްބަރުންނަށް ވަނީ ފުރުސަތު ދީފަ އެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.