ދިރާގު ފައިބަ އިންޓަނެޓުގެ ހިދުމަތް ފުޅަދުށް
ދިރާގު ފައިބަ އިންޓަނެޓުގެ ހިދުމަތް ފުޅަދުށް

ދިރާގުން ބ. ފުޅަދޫގައި ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ދިރާގު ފައިބަ އިންޓަނެޓުގެ ހިދުމަތް ފުޅަދުށް
ދިރާގު ފައިބަ އިންޓަނެޓުގެ ހިދުމަތް ފުޅަދުށް

އެ ހިދުމަތާ އެކު ފުޅަދޫ ރައްޔިތުންނަށް ހާއްސަ އޮފާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި، ހިދުމަތަށް އެދޭ މީހުންނަށް ރައުޓަރާ އެކު ފައިބަ ކޭބަލް ހިލޭ ގުޅައިދިނުން ހިމެނެ އެވެ.

ދިރާގުން ބުނީ ހަލުވި ސްޕީޑާ އެކު ބޮޑެތި ޑާޓާ އެލަވެންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ނެގުމުގެ ފުރުސަތު އެރަށު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 88 ރަށެއް ހިމެނޭހެން 85 ޕަސެންޓް ގޭބީސީއަށް އެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ހިދުމަތް ތައާރަފްކުރީ ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުންނެވެ.