ބެސްޓްބައި ފިހާރަ އަނެއްކާވެސް ފަޅާލައިފި
ބެސްޓްބައި ފިހާރަ އަނެއްކާވެސް ފަޅާލައިފި

ފުޅާ ދާއިރާއެއްގައި މޮބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ބެސްޓްބައި ފިހާރަ އަނެއްކާ ވެސް ފަޅާލައިފި އެވެ.

ބެސްޓްބައި ފިހާރަ އަނެއްކާވެސް ފަޅާލައިފި
ބެސްޓްބައި ފިހާރަ އަނެއްކާވެސް ފަޅާލައިފި

އެ ފިހާރައިގެ ވެރިޔާ އަބްދުﷲ ޝަމީލް ވިދާޅުވީ، މާވެޔޮމަގުގައި ހިންގާ އެ ފިހާރައަށް ވަގު ވަނީ ސީލިންގް ފަޅާލައިގެން ކަމަށެވެ. އެކަމަކު ސިސްޓަމުން އެލާމު އަޅަން ފެށުމުން ވަގުކަލޭގެ ފިލައިގެން ދިޔައީ އެވެ.

ވައްކަންކުރަން ވަން މީހާ ފިލައިގެން ދަނިކޮށް މަގުމަތިން ވަނީ ހައްޔަރުކޮށްފަ އެވެ.

ޝަމީލް ވިދާޅުވީ ފިހާރައިން އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށާއި އެކަމަކު ފިހާރަ އަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު ވެސް ބެސްޓްބައިގެ ފިހާރައެއް ވަނީ ފަޅާލައިފަ އެވެ. އެ ފަހަރު ގިނަ އަދަދެއްގެ މުދާ ވަގަށް ގެންދިޔަ ނަމަވެސް ފުލުހުން ވަނީ އެ މުދާ ހޯދައިފަ އެވެ.