ޕީޖީ ޝަމީމް ޓުވިޓާގެ ޒުވާބާ ދުރަށް!
ޕީޖީ ޝަމީމް ޓުވިޓާގެ ޒުވާބާ ދުރަށް!

ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅުއްވުމަށް ފަހު ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އޭނާގެ ޓުވިޓާ އެކައުންޓް ޑިއެކްޓިވޭޓްކުރައްވައިފި އެވެ.

ޕީޖީ ޝަމީމް ޓުވިޓާގެ ޒުވާބާ ދުރަށް!
ޕީޖީ ޝަމީމް ޓުވިޓާގެ ޒުވާބާ ދުރަށް!

ޕީޖީ އޮފީހަށް އަންނަ ސުވާލުތަކާއި އެ ދާއިރާ އާ ގުޅޭ މައްސަލަތަކާއި ފާޑު ކިޔުންތަކަށް ޓުވިޓާ މެދުވެރިކޮށް ޖަވާބު ދެއްވަމުން ގެންދެވި ނަމަވެސް ޝަމީމް "މިހާރު" އަށް ވިދާޅުވީ މި ވަގުތަށް ޓްވިޓާއާ ދުރަށް ވަޑައިގަތީ ސޯޝަލް މީޑިއާގައި ހިނގާ ޒުވާބުތަކާ ދުރަށްޖެހިވަޑައިގެން ބިނާކުރަނިވި ރަނގަޅު ކޮންވަޒޭޝަންތަކަށް ފޯކަސްކުރައްވަން ކަމަށެވެ.

"ޓުވިޓާ އިން ބޭރުވިޔަސް އަޅުގަނޑާ އަބަދުވެސް ފޯނުން، މެސެޖުން އަދި ކޮފީ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރަންސްތަކުން ވެސް ދިމާވެ ބައްދަލުވާނެ،" ޝަމީމް ވިދާޅުވި އެވެ.

ބޮޑެތި މައްސަލަތަކުގައި ޕީޖީން ނިންމާ ނިންމުންތަކަށް އަމާޒުވާ ފާޑުކިޔުންތައް އެންމެ ބޮޑަށް ރައްދުކުރަނީ ޓްވިޓާގަ އެވެ. އަދި އެ ފާޑުކިޔުންތަކަށް ޕީޖީ ވެސް ބައެއް ފަހަރު ރައްދު ދެއްވަ އެވެ.

ޝަމީމްގެ، 34،000 އަށްވުރެ ގިނަ ފޮލޯވަރުންގެ އެކައުންޓް ޑިއެކްޓިވޭޓް ކުރައްވާފައި މި ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕް ތެރޭ މަސައްކަތްކުރަމުން ދަނިކޮށެވެ. އަދި އާއިލީ މައްސަލައެއްގެ ތެރެއިން ޝަމީމާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައި އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ބުނެ އަޑު ފަތުރާފައިވެ އެވެ. ނަމަވެސް ފުލުހުން ވަނީ ޝަމީމްގެ ޖިނާއީ އެއްވެސް މައްސަލައެއް ތަހުގީގު ނުކުރާ ކަމަށް ބުނެފަ އެވެ.