19 ޖޫން 2022 - 07:03

ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯނާ އެކު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ސަނީ ލިއޯންގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޗުއްޓީ ދަތުރު މެނޭޖުކުރަނީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިން ކަމަށެވެ. އޭނާ ބުނީ އެ ފުރުސަތު މިހާރު އެންމެނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
"ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއް (ރިސޯޓެއްގައި) ކަމަށް ވެސް ބުންޏެވެ. އަދި އޭނާ އާއި އެހެން ސެލެބްރީޓިންނާއި އާޓިސްޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
އެ ޕޯސްޓުގައިވާ ގޮތުން އެ ފުރުސަތު ދިނުމަށް. ލިމިޓެޑް ސްލޮޓްގެ ގޮތުގައި ދޫކުރާ، 100 ލަގްޒަރީ ވިލާ އެ ރިސޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، ފުރުސަތު ދެނީ ސީދާ ކިހިނެއް ބަލައިފައި ކަމަށް ބުނެފައެއް ނެތެވެ.
ސްޕޮންސަރުންގެ ލިސްޓުގައިވާ ގޮތުން އެ ރިސޯޓަކީ އދ. އަތޮޅުގައި އޮންނަ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ.
- ސަނީ ލިއޯނާ އެކު އިރުއަރާ ގަޑީގައި ޔޯގާކުރުން.
- ބީޗް ގޭމްސް އާއި ސަނީ ލިއޯނާ ހަމަޖައްސާ ޗެލެންޖުތައް.
- މޮޅުވާ މީހަކަށް ސަނީ ލިއޯނާ އެކު ކޮފީ ޑޭޓަކަށް ދާން ފުރުސަތު.
އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ. ޖުމްލަ ހަތަރު ދުވަހުގެ އެ ދަތުރު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 16 އިން 19 އަށެވެ.
އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް" އެވެ.