ހުޅުމާލޭގައި "މިނިސޯ"ގެ ދެ ވަނަ ފިހާރަ ހުޅުވައިފި
ހުޅުމާލޭގައި "މިނިސޯ"ގެ ދެ ވަނަ ފިހާރަ ހުޅުވައިފި

ޖަޕާނުގެ ޑިޒައިނާ ބްރޭންޑް، 'މިނިސޯ'ގެ ޕްރޮޑަކްޓްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަން ހުޅުމާލޭގެ ދެ ވަނަ ފިހާރަ ހުޅުވައިފި އެވެ.

ހުޅުމާލޭގައި "މިނިސޯ"ގެ ދެ ވަނަ ފިހާރަ ހުޅުވައިފި
ހުޅުމާލޭގައި "މިނިސޯ"ގެ ދެ ވަނަ ފިހާރަ ހުޅުވައިފި

މިދިޔަ އާދިއްތަ ދުވަހު ހުޅުވި އެ ފިހާރަ ހުންނަނީ ހުޅުމާލެ މައި ނިރޮޅުމަގުގަ އެވެ. މީގެ ކުރިން ސޮނީ ހާޑްވެއާ ތެރޭގައި ވެސް މިނިސޯގެ ފިހާރައެއް ހުޅުވައި ކަސްޓަމަރުންނަށް ފަސޭހައިން އެ ބްރޭންޑްގެ ތަކެތި ލިބެން ހުރެ އެވެ.

ހުޅުމާލޭގައި "މިނިސޯ"ގެ ދެ ވަނަ ފިހާރަ ހުޅުވައިފި
ހުޅުމާލޭގައި "މިނިސޯ"ގެ ދެ ވަނަ ފިހާރަ ހުޅުވައިފި

އަލަށް ހުޅުވި ފިހާރައިން ވިއްކާނީ މިނިސޯގެ އެކި ބްރޭންޑްގެ ޕްރޮޑަކްޓްތައް ކަމުގައި އެ ބްރޭންޑް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ސޮނީ ކުންފުނިން ބުންޏެވެ.

ކުޑަކުދިންގެ ޓޯއީސް އާއި އަތް ދަބަހާއި ބައެއް ކަހަލަ ކަރަންޓު ސާމާނާއި ފާހާނާއަށް ބޭނުންވާ ސާމާނާއި ފޮތް ފަންސުރު ފަދަ ތަކެތި ހިމެނޭހެން ގިނަ ވައްތަރުގެ ޕްރޮޑަކްޓްތައް އެ ފިހާރައިން ލިބެން ހުރެ އެވެ.

ހުޅުމާލެ މިނިސޯ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން 12:00 އަށް، މެންދުރު 2:00 އަކުން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މިނިސޯ ބްރޭންޑްގެ ދެ ފިހާރަ މާލޭގައި ވެސް ހުރެ އެވެ. ހުޅުމާލޭގައި މި ހުޅުވި ދެ ވަނަ ފިހާރައާ އެކު މި ބްރޭންޑްގެ ޖުމްލަ ހަތަރު ފިހާރަ ސޮނީ ކުންފުނިން ހިންގަ އެވެ.