16 ޖޫން 2022 - 16:16

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވި ދެ ވަނަ މީހާ ވެސް މަރުވެއްޖެ އެވެ.
ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާގައި ބިދޭސީ ފިރިހެނެއް ވަނީ މަރުވެފަ އެވެ. އޭނާއާއެކު، އެ މަސައްކަތުގައި އުޅެނިކޮށް ސީރިއަސް ޒަހަމްތައް ލިބުނު އިތުރު މީހަކަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު، އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 38 އަހަރުގެ ބިދޭސީއެއް މިދިޔަ އަންގާރަ ދުވަހު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހްމަތަކެއް ނޭނގެ އެވެ.
ބިދޭސީން ތާށިވީ ރިސޯޓަކަށް ގެންދަން އުޅުނު މާބްލްތަކެއްގެ ތެރޭގައި ކަަމަށް ވެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިވާ ޝީޓްތަކުގެ ދެމެދަށް ވަދެވި ތާށިވީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ދެ މީހުން އެތަނުން ނެރުނީ އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.