ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް
ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް

ގައުމީ ބޮޑި ބިލްޑިން ޓީމުގެ އެސިސްޓެންޓް ކޯޗު، އަބްދުލް ހަސީބު، އެންމެ ފުރަތަމަ ކުޅެން ފެށީ ފުޓްބޯޅަ އެވެ. ކުރީގެ އެމްއީއެސް ސްކޫލްގެ ޓީމަށް އެކި އުމުރުފުރާތަކުގައި ކުޅެ ކާމިޔާބުތައް ހޯދި އެވެ. ފަރުދީ އެވޯޑްތައް ވެސް ލިބުނެވެ. އެޑްވެންޗާގެ ނަމުގައި ޒުވާނުންތަކެއް ހަދައިގެން ނުކުތް ކްލަބުގައި، ގައުމީ މުބާރާތުގެ ތިންވަނަ ޑިވިޝަންގައި ވެސް ކުޅުނެވެ. ފުޓްބޯޅައިން އިތުރު ހަރުފަތަކަށް ކުރިއަށްދާން އުންމީދު ކޮށްގެން ހުރި ހަސީބަށް ކުރިމަތިވީ އަނިޔާގެ ބަދު ނަސީބެވެ. އޭނާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނެވެ.

ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް
ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އަލުން ކުޅެން ދަނޑަށް ނުކުތުމުގެ ކުރިން އޭނާ ވަނީ ޖިމަށެވެ. ރިކަވަރީ އާއި ރިހެބިލިޓޭޝަން ހަދައިގެން މުޅިން ފިޓް ކުޅުންތެރިޔެއްގެ ގޮތުގައި އަލުން ދަނޑަށް ކުޅެން ނުކުތުމުގެ އުންމީދުގައި މާލޭގައި އެންމެ ފުރަތަމަ ހުޅުވި ޖިމް މާލޭ ފިޓްނަސްގައި އޭނާ ޖިމް ޓްރޭނިން ފެށި އެވެ. އެކަމަކު އެއީ އޭނާގެ ކެރިއާ އެނބުރިގެން ދިޔަ ހިސާބެވެ. ބޮޑީ ބިލްޑިން އާއި ފިޒިކް ސްޕޯޓްސް އަށް އޭނާގެ ހިތް ފުރޮޅުނެވެ.

ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް
ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް

"ޖިމަށް ވަދެ ޓްރޭނިން ފެށި ހިސާބުން އަޅުގަނޑު މާ ޝައުގުވެރިވި ކަމަކަށް އެކަން ވެއްޖެ. އެހާ ހިސާބުން ދެން ހިތަށް އެރީ މީ މާ ރަނގަޅު ކަމެކޭ،" ސައުތު އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕުން ދެފަހަރަށް ރިހި މެޑަލް ހޯދި ހަސީބް ކިޔައި ދިނެވެ.

ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް
ހަސީބް: އަނިޔާގެ ބަދު ނަސީބަށް ފަހު ބޮޑީބިލްޑިންގައި މުހިންމު ނަމެއް

ބޮޑީ ބިލްޑިންގައި ކުރިއަށް ދިއުމަށް ހިފަހައްޓަން ޖެހޭ އާދަތައް ހަރުލެއްވުމުގައި ބޮޑު ގުރުބާނީއެއް ވާން ޖެހުނު ކަމަށް ހަސީބް ބުންޏެވެ. ކެއުން ވަކި ގަވާއިދަކުން ގެންދިއުމާއި ނިދުމާއި އާންމު ދިރިއުޅުމުގައި ގެންގުޅުނު އެހެން ނުރަނގަޅު އާދަތައް ވެސް ގެންޖެހުންތަކާއެކު ވެސް އޭނާ ބަދަލު ކޮށްލި އެވެ.

އެކަމަކު އާންމުކޮށް ކަމުން ދިޔަ އެއްޗިހި ކުއްލިއަކަށް ހުއްޓާލަން ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށް ހަސީބް ބުންޏެވެ.

"ވަރަށް ވަރަށް އުނދަގޫވި ކަމެއް އެއީ،" ކެއުމަށް ކުއްލިއަކަށް ގެނައި ބަދަލާ ބެހޭގޮތުން އޭނާ ބުންޏެވެ.

މީހާގެ ޑިސިޕްލިން އާއި ކެއުމާއި ނިދުމުގެ އާދަތައް ބަދަލު ކުރަން ޖެހޭނީ ވަކި ކުޅިވަރެއްގައި އުޅޭ ބައެއް ނޫނެވެ. އެއީ ހުރިހާ ކުޅިވަރެއްގައި ވާދަކުރާ އެތުލީޓުން ގަބޫލުކޮށް އަމަލު ކުރަން ޖެހޭ ކަމެއް ކަމަށް ހަސީބް ބުންޏެވެ. އެކަމަކު ރާއްޖޭގައި ގިނަ ކުޅިވަރުތަކުގައި އަދި ވެސް އެކަން ވަކި ހަމަޔަކުން ބައްޓަން ކުރާ އެތުލީޓުން މަދު ކަމަށް ވެސް އޭނާ ބުންޏެވެ. ހަސީބް ވެސް ފުޓްބޯޅަ ކުޅުން އުޅުނު އިރު ގެއަށް ވަދެ މަންމަ ކައްކައިލައިފައި ހުރި ކޮންމެ އެއްޗެއް ކައިގެން ދިޔަ ޒަމާނެ ފާއިތުވި އެވެ. އެކަމަކު ބޮޑި ބިލްޑް ކުރަން ފެށުމާއެކު އެކަމުގައި އޭނާގެ އެންމެ ބޮޑު ސަޕޯޓަރަކަށްވީ މަންމަ އެވެ. އޭނާ އަށް ކެވޭނެ ގޮތަށް ވަކިން ކައްކައިދީ ހެދީ މަންމަ އެވެ.

"އަހަރެމެން ރާއްޖޭގައި މިއޮންނަ ގޮތަކީ ވަކި ކުޅިވަރެއްގައި ނޫޅެންޏާ ދެން ކޮންމެ އެއްޗެއް ވެސް ކެވޭނެ ކަމަށް ގަބޫލުކުރާ އުސޫލެއް. އެކަމަކު ވަކި ގޮތަށް ވަކި އެއްޗިހިތަކެއް ކެއުމަކީ ހަމައެކަނި ބޮޑި ބިލްޑް ކުރާ މީހުންނަށް އޮތް ކަމެއް ނޫން،" ފިޒިކަލް ފިޓްނަސްގެ ދާއިރާއިން ވެސް ކިޔެވި ހަސީބް ބުންޏެވެ.

"ފުޓްބޯޅަ ކުޅުނަސް އެބަ އޮވޭ ވަކި ގޮތަކަށް ކެއުން ބަހައްޓަން ކުރަން. ވަކި އެއްޗިހިތަކެއް ކައިފައި ވަކި އެއްޗިހިތަކެއް ނުކައި ދޫކޮށްލަން. ހަގީގަތުގައި ކުޅިވަރުގެ ބިއުޓީ އަކީ ވެސް އެއީ.

ގިނަ ގުރުބާނީ ތަކަށް ފަހު، އޭނާގެ ބޮޑީ ޓްރާންސްފޯމް ކުރަން ދެ އަހަރު ނެގި އެވެ. އޭނާ ބުނި ގޮތުގައި އެ ދެ އަހަރަކީ ވަރަށް އުނދަގޫ ދެ އަހަރެވެ. އެންމެ ބޮޑު ކަމަކީ ޒަމާނީ ވަސީލަތްތަކެއް ނެތި ކުރިއަށް ދާން ޖެހުމެވެ.

"އޭރު ކުކުޅު ކޮޅެއް (ކައްކައިގެން) މަޑު ކޮށްލަން ޖެހުނަސް ޖެހޭނީ ފެނު ކައްކަން. މިހާރު ވެއްޖެއްޔާ މައިކްރޯ ވޭވް ވެސް އެބަހުރި. މިހާރުގެ ކުދިންނަށް އެކަން ވަރަށް ފަސޭހައިން ކުރެވޭ،" ސައުތު އޭޝިއަން ޗެމްޕިއަންޝިޕުން 1999 ގައި ރިހި މެޑަލް ހޯދި ހަސީބް ބުންޏެވެ.

ގިނަ ގުރުބާނީ ތަކަކަށް ފަހު ފުރަތަމަ އިންޓަނޭޝަނަލް މުބާރާތުން ވެސް ގައުމަށް މެޑަލް ހޯދައި ދެވުމަކީ ސިފަ ކުރަން ދަތި އުފަލެއް ލިބުނު ދުވަހެއްގެ ގޮތުގައި ހަސީބް ސިފަ ކުރިި އެވެ.

ގައުމީ ޓީމުގެ މިހާރުގެ ކޯޗު ވޮން ހޮން ވަނީ އެ އަހަރު ސައުތު އޭޝިއަން ޗެމްޕިއަންޝިޕަށް ހަސީބް އާއި އެހެން އެތުލީޓުން ތައްޔާރު ވަމުން ދިޔައިރު ރާއްޖޭގެ ޓީމަށް ލަފާ ދިނުމަށް އައިސްފަ އެވެ. އެ އަހަރު މިސްޓަ އޭޝިއާ ޓައިޓަލް ހޯދި ވޮންގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިއަށް އޮތް އޭޝިއަން ޗެމްޕިއަންޝިޕްގައި މަސައްކަތް ކުރާ ހަސީބް ޓީމުގައި ހުރުމަކީ ވޮން އަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

"އިތުބާރާއެކު ބުނަން ކެރޭރަން މެޑަލް ހޯދަނެ އެތުލީޓުން މި ޓީމުގައި އެބަތިބި،" މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ހަސީބް ބުންޏެވެ.

އަންނަ މަހު 15-21 އަށް މާފުށީގައި ބާއްވާ އޭޝިއަން ޝެމްޕިއަންޝިޕަށް ރާއްޖެއިން 20 އެތުލީޓުން ވާދަ ކުރާނެ އެވެ. 20 އެތުލީޓުން ވަނީ ދެ ޓީމަކަށް ބަހައިލައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ވާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އިންޓަނޭޝަނަލް ކުޅިވަރުގެ އެންމެ ބޮޑު އިވެންޓަށެވެ. އޭޝިއާގެ 30 ގައުމަކުން 500 އާ ހާ މީހުން މުބާރާތަށް ރާއްޖެ އަންނާނެ އެވެ.